ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

ތިޔަމަސް އެކްސް – ސީދާ ތައްޓަށް

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެއްކޮޅުން ބައްދަލުކުރާނީ ތިޔަމަސް އެކްސް ސްޕޯރޓްސް އެވެ. އުނގޫފާރުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސައިފް ގޯލްޑެން ޖުބްލީ ގެ އެންމެ ކާމިޔާބު ޓީމް ތިޔަމަސް އެކްސް ސްޕޯރޓްސް އަކީ 2007 ވަނަ އަހަރު ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު އުފެދުނު ޓީމެކެވެ. މިޓީމުން ވަނީ އުނގޫފާރުގައި ބޭއްވުނު ތަފާތު އެކި އެކި ފުޓްބޯޅަ މުބާރާތްތަކާއި ފުޓް ސަލް މުބާރާތް ތަކުގައި ބައިވެރިވެ ގިނަގުނަ ކާމިޔާބީ ތައެއް ހޯދާފައެވެ. އަދި މީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ ފުޓުބޯޅަ ޓީމުތަކާއި އެކުވެސް އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފައިވާވެއެވެ.

ހުސެއިން ހަމީދުގެ މެނޭޖަރކަމުގެ ދަށުގައި ހިންގަމުން އަންނަ މިޓީމުގެ ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދު ދެއްވަމުން ގެންދަވަނީ އުނގޫފާރުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރ އަދި އުނގޫފާރު އެފްސީ ކޯޗު މުހައްމަދު އިގްބާލެވެ. ތިޔަމަސް އެކްސް އަކީ ޓީމު އުފެދުނީއްސުރެ ތަރިންގެ ޓީމެއްގެ ގޮތުގައި އުނގޫފާރުގައި ނަން ހިންގާޓީމެކެވެ. އަދި ޒުވާން ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް މިޓީމުންވަނީ އުނގޫފާރުގެ ފުޓްބޯޅަ ދަނޑަށް ނެރެފައެވެ.

ތިޔަމަސް އެކްސް އަކީ ސައިފް ގޯލްޑެންޖުބުލީ 2011 2012 އަދި 2013 ގެ ޗެމްޕިއަން އަދި 2015 ވަނަ އަހަރުގެ ރަނަރަޕް ޓީމެވެ. އަދި މީގެ އިތުރުން އުފާ ފުޓްސަލް ކަޕް 2012 އާއި ޕޮލިސް ރަމަޟާން ކަޕް 2009 ގެ ޗެމްޕިއަން ކަމާއި 2018 ޕޮލިސް ޔޫތު ކަޕްގެ ޗެމްޕިއަން ޓީމަކީވެސް ތިޔަމަސް އެކްސްއެވެ.

އުނގޫފާރު އެފް ސީ ގެ 5  ކުޅުންތެރިންނާއި އެކު ޓީމު ވަރުގަދަ ކުރުމަށް މިއަހަރުވެސް ތިޔަމަސް އިންވަނީ ރަށުން ބޭރުން 3 ކުޅުންތެރިން ޓިމުގައި ހިމަނާފައެވެ. އޭގެ ތެރޭގައި މިއަހަރުގެ މިނިވަން 50 މުބާރާތުގައި ފޯކައިދޫ ޓީމަށް ކުޅުނު ވެލިދޫ ޒިޔާ އަދި ނިކޯ ވަނީ ޓީމާއި އެކު ޕްރެކްޓިސްތަކުގައި ބައިވެރިވެފައެވެ. މަހިބަދޫ ޓިމުން ވިދާލި އަދި ނިއުރޭޑިއެންޓް އަށް ކުޅުނު މިދުހަތު ޓީމުގެ މެދުތެރެ ވަރުގަދަ ކުރުމަށް ގެނެއުމަކީ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.

މުޅި އުނގޫފާރު ފަހުރުވެރިވާ އަދި ގިނަބަޔަކު ގަބޫލުކުރާގޮތުގައި ރ އަތޮޅުގައި ހުރި އެންމެ މޮޅު ގޯލްކީޕަރ އަހުމަދު އަފްޒަލު ޓީމުގެ ގޯލުގައި ހުރުމަކީ އެހެންޓީމުތަކުން ޖެހިލުން ވާނެކަމެކެވެ.

މިއަހަރުގެ މުބާރާތުގެ ގުރޫޕް ބީގައި ތިޔަމަސް އެކްސް އާއި އެކު ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ދި ޑަބަލް އެލް  އާއި ވައިނޮޓް ސްޕޯރޓްސް އެވެ.  މިގުރޫޕުގެ ފުރަތަމަ މެޗުގައި މިއަދު ތިޔަމަސް އެކްސް އާއި ދެކޮޅަށް ނުކުންނާނީ ވައިނޮޓްއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close