ޙަބަރުރ.އަތޮޅުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

މާކުރަތު އެފްޓީ ގެ ފުރަތަމަ ފެނިލުން މިއަދު

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީމެއްގެ ގޮތުގައި މާކުރަތު ފުޓްބޯޅަ ޓީމުވަނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ. މާކުރަތަކީ ރ އަތޮޅު މުބާރާތުގައި މީގެ އަހަރުތަކެއްކުރިން ބައިވެރިވެފައިވާ އަދި ރަށުފެންވަރުގައިވެސް މުބާރާތްތައް ބާއްވަމުން އަންނަ ރަށެކެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރެއިން އެންމެ “ގޮތްނޭނގޭ” ޓީމުގެ ގޮތުގައި މާކުރަތު އޮތީ އޭ ގުރޫޕުގައެވެ. އެގުރޫޕުގައި މާކުރަތާއި އެކު ހިމެނޭ ޓީމުތަކަކީ އެފްސީ އޯކޭ އާއި ޔަންގު ސްޓަރ އެވެ.

މިމުބާރާތައް ނިކުންނައިރު މާކުރަތު ޓީމުގައި ރަށުން ބޭރު ކުޅުންތެރިއެއްގެ ގޮތުގައި  ކުޅުންތެރިޔަކު ހިމަނާފައި ނުވިނަމަވެސް ރ ފައިނު އަހުމަދު އަރީފް ވަނީ ޓީމުގައި ހިމަނާފައެވެ. އަރީފް އަކީ މާކުރަތު ގައި ވަޒީފާ އަދާކުރަމުންގެންދާ އަދި މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ފައިނު ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މޮޅުކުޅުމެއް ދައްކާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

ޓީމުގެ މެނޭޖަރ އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވިގޮތުގައި ޕްރެކްޓިސް މެޗެއް ނުލިބުނު ކަމުގައިވިޔަސް މާކުރަތު ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާކަމަށާއި ޓީމުއޮތީ ފުރިހަމަޔަށް މުބާރާތައް ތައްޔާރު ވެފައިކަމަށެވެ. އަދި ދެވަނަ ބުރަށް ޓީމު ދާނޭ ކަމުގެ ވަރަށް ބޮޑުޔަގީންކަމެއް އޮތްކަމަށެވެ.

މާކުރަތު ޓީމަކީ މުޅި މާކުރަތުގެ ޒުވާނުންގެ މެދުގައި ހޮވާލެވިގެން ނެގިފައިވާ ރަނގަޅު ޓީމެއްކެވެ. އަދި މިވަގުތު ޓީމުގެ އެއްވެސް ކުޅުންތެރިއެއް  އަނިޔާގައި ނެތްކަމަށާއި  ޓީމު ފިޓްކޮށް އޮތުމަކީ ލިބޭހިތްހަމަ ޖެހުމެއް ކަމުގައި ޓީމުންދެކެއެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close