ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

ޗެމްޕިއަން ޑަބަލް އެލްގެ ފުރަތަމަ ފެނިލުން މިއަދު

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި އެއްމެފަހުގެ ޗެމްޕިއަން ދަ ޑަބަލްއެލް މިއަދު ހަވީރު ވައިނޮޓް ސްޕޯރޓްސް އާއި ދެކޮޅަން ނިކުންނާނެއެވެ. މިމެޗަށް ޑަބަލްއެލް ނިކުންނަ އިރު ޓީމު އޮތީ މިއަދުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

ދި ޑަބަލް އެލް ފުޓުބޯޅަ ޓީމަކީ 2006 ވަނަ އަހަރު އުފެދިފައިވާ ޓީމެއެކެވެ. ޑަބަލް އެލް އުފެއްދުމުގައި މުއައްސިސުންގެ ގޮތުގައި ތިއްބެވީ އިސްމާއީލް ނާފިޒު ހީރާ ރ. އުނގޫފާރު ، އަލީ ސަލީމް އަތަމާގެ ރ. އުނގޫފާރު އަދި އިބްރާހީމް ޝަހީލް މއ ރަންހަދާގެ މާލެއެވެ. މިހާރު ޓީމް ހިންގުމުގައި އެއްމެ އިސްކޮށްތިބީ އިސްމާއިލް ނާފިޒް އާއި އަލީ ސަލީމް އެވެ.

ޑަބަލް އެލް އުފެދުނުފަހުން އުނގޫފާރުގައި ބޭއްވި ހުރިހައި މުބާރާތެއްގައި ޑަބަލްއެލް ވަނީ ވާދަކޮށްފައެވެ. ޑަބަލް އެލް ގެ ކާމިޔާބީތަކަށް ބަލާއިރު 2007 ވަނަ އަހަރު ބޭއްވުނު އިންލައިން އުނގޫފާރު ލީގްގެ ރަނަރަޕް ކަމާއި ސައިފް ގޯލްޑެން ޖުބުލީ މުބާރާތުގައި 2011 އަދި 2012 ވަނަ އަހަރު ފެއަޕްލޭގެ މަޤާމް އަދި 4 ވަނަ ސައިފް ގޯލްޑަން ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ރަނަރަޕް ކަމާއި އެއްމެ ފަހުގެ ޗެމްޕިއަންކަން ހިމެނެއެވެ.

މިހާރު ކުރިއަށްދާ ސައިފް ގޯލްޑަން ޖުބުލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޑަބަލް އެލް އިން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މިގޮތުން ޓީމަށް އާމެނޭޖަރެއް ހޯދާފައިވާއިރު ޓީމް ވަރުގަދަ ކުރުމަށްވަނީ ގިނަ ކުޅުންތެރިންތަކެއް ޓީމަށް ވަނީ ގެނެސްފައެވެ. ޓީމުގެ މެނޭޖަރު އަހުމަދު ޝާކިރާއެކު ޑަބަލް އެލް އަށް ގެނައި ކުޅުންތެރިންނަށް ބަލާއިރު ވައިނޮޓް ސްޕޯރޓްސްގެ 4 ކުޅުންތެރިން ކަމަށްވާ ނައުފަލު ހަސަން އާއި މުހައްމަދު މުރުތަލާ އާއި މުހައްމަދު ލިފްޝާން އާއި މުހައްމަދު މީރާން އިތުރުން ތިޔަމަސް އެކްސް ގެ ކީޕަރު ހަސަން އާސިފް ހިމެނެއެވެ.

ރަށުން ބޭރު 3 ކުޅުންތެރިން ވެސް ޓީމާއިވަނީ ގުޅިފައެވެ. އެކުޅުން ތެރިންނަކީ ށ. ކަނޑިތީމު ހުސެއިން ވާފިރު އާއި އދ. މާމިނގިލި މުހައްމަދު ސިނާހު އާއި ފާއިތުވި ގިނަމުބާރާތްތަކެއްގައި ޑަބަލްއެލް އަށް ރަށުކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުން އަންނަ ރ އަލިފުށި އަހުމަދު އާދަމް ޗިރޫއެވެ.

އުފާ ނިއުސް ޓީމަށް މައުލޫމާތު ދެއްވަމުން ޓީމުގެ ކޯޗު އިސްމާއީލް ނާފިޒް ބުނީ މިއަހަރު ޓީމްގެ އަމާޒަކީ ޗެމްޕިއަންކަން ދިފާއު ކުރުންކަމަށެވެ. މުބާރާތައް ތައްޔާރުވުގެ ކަންކަން އިތުރަށް ފުރިހަމަކޮށް ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި މޯޓިވޭޝަން އިތުރުކުރުމުގެ ގޮތުން ޓީމްވަނީ މުބާރާތް ފެށުމުގެ ކުރިން ވަކިންގެއެއްގައި ކޭމްޕް ކޮށްފައެވެ.

“ޓީމުގެ ޓާގެޓަކީ ސީދާ ތަށި، ތަށި ދިފާއުކުރުން އެހެން އެއްވެސް ޓާގެޓެއްނެތް، މިހާރު މިއޮތީ އެވަރުގެ ސްކޮޑެއް މިޓީމުގައި އަދި އަޅުގަނޑުމެން މިޓާގެޓަށް ވާސިލުވުމަށް ކުރާ އިތުރު މަސައްކަތެއްގެ ގޮތުން މިތަނުގައި މިކޭމްޕްކުރީ”

މިއަދު މެޗާއި ބެހޭގޮތުން އިއްސޭ ބުނީ ވައިނޮޓްގެ ފުރަތަމަ މެޗުން ބޮޑުތަފާތަކުން ތިޔަމަސްއަތުން ބަލިވެފައިވީ ނަމަވެސް ޑަބަލްއެލް އިން މިއަދު ވައިނޮޓް އަންޑައެސްޓިމޭޓު ނުކުރާނެ ކަމަށާއި ޑަބަލްއެލް ނިކުންނާނި ރަގަނޅު ފައިޓެއްދީ މެޗުން މޮޅުވާން ކަމަށެވެ.

މުމުބާރާތުގައި ޑަބަލްއެލް ހިމެނިފައިވަނީ ގުރޫޕް ބީ ގައެވެ. މިގުރޫޕުގައި ދެންހިމެނެނީ ވައިނޮޓް ސްޕޯރޓްސްއާއި ތިޔަމަސް އެކްސް އެވެ.

މިމުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close