ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

އޯކޭ ކަޓައި މާކުރަތު ސެމީއަށް

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ތިންވަނަ މެޗުން މާކުރަތު އެފްޓީ މޮޅުވެއްޖެއެވެ. މާކުރަތު އެފްޓީ މޮޅުވީ އެފްސީ އޯކޭ އާއި ބައްދަލުކޮށް 2-1 ލަނޑުންނެވެ.

މެޗުގެ 4 ވަނަ މިނެޓްގައި މާކުރަތުން ލަނޑު ޖަހާ ލީޑުނެގިއެވެ. މިލަނޑަކީ އޯކޭގެ އިންޑިޔާ ކީޕަރު ލިޖޫގެ ވަރަށްބޮޑު މިސްޓޭކަކުން މާކުރަތުން ކާމިޔާބުކުރި ލަނޑެކެވެ. މާކުރަތު ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ގޯލަށްވަނީ ބޯޅަ ނަގަން އުޅުމުގެ ތެރޭގައި ކީޕަރު ދެފައިދޭރެއިންނެވެ.

ގިނަވަގުތު ބޯޅަ ގެންގުޅެ ކުޅެމުންދިޔަ މާކުރަތުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާ ކުރީ މެޗުގެ 24 ވަނަ މިނެޓްގައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މިނަތީޖާއިން މާކުރަތު އެފްޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަހާފުގެ ކުޅުންފެށިގެން މާގިނައިރެއް ނުވަނީސް އެފް ސީ އޯކޭ އަށް މާކުރަތު ޕެނަލްޓީއޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދާލައިގެން އޯކޭ ގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބު ކުރިއެވެ. މިލަނޑު ޖަހައިދިނީ ހައިޝަމްއެވެ. މިއީ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެއްމެ ރީތި ގޯލެވެ.

ދާދި ހަމަހަމ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ 2 – 1 ލަނޑުން މާކުރަތު އެފް ޓީ މެޗް ކާމިޔާބުކޮށްގެންނެވެ. މިނަތީޖާ ސަބަބުން އެފްސޯ އޯކޭ އަށް މުބާރާތް ނިމިފައިވާއިރު ބާކީ އެއްމެޗު އޮއްވާ މާކުރަތު އެފްޓީ އާއި ޔަންގް ސްޓަރ މިވަނީ ސެމީގެ ޖާގަ ކަށަވަރުވެފައެވެ. މުބާރާތުގައި މިއަދު ހަވީރު ގުރޫޕް އޭގެ ފަހުމެޗުގައި މިދެޓީމު ބައްދަލުކުރާއިރު މިދެޓީމުގެ ވެސް ބޭނުމަކަށްވާނީ ގްރޫޕުގެ އެއްވަނަ ހޯދުމެވެ.

މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދީ މާކުރަތު އެފްޓީގެ ޖާޒީނަމްބަރު 11 އަބްދުﷲ ނާޝިހު އެވެ.

ޖަމިއްޔަތުއްސައިފްގެ ރަންޔޫބިލް އާއި ގުޅުވައިގެން ކުރިއަށް މިގެންދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close