ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

އެއްމެފަހުގެ ޗެމްޕިއަން ޑަބަލްއެލް ބަލިކޮށް ޔަންގް ސްޓަރ ފައިނަލަށް

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފްގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޔަންގް ސްޓަރ ހޯދައިފިއެވެ. ޔަންގް ސްޓަރ އިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި އެއްމެފަހުގެ ޗެމްޕިއަން ޑަބަލްއެލް މައްޗަށް ކުރިހޯދައިގެންނެވެ. ޔަންގް ސްޓަރ މިމެޗު ކާމިޔާބުކުރީ 2 – 0 ނަތީޖާ އަކުންނެވެ.

ޔަންގް ސްޓަރ މޮޅިވި މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހުސައިން ރިމާޒުއެވެ. ދެވަނަ ލަނޑު ފުރަތަމަހާފު 42 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ 9 ނަމްބަރު ފާރިޝް އެވެ.

ވާދަވެރި ފޯރިދަގަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ.

ޔަންގް ސްޓަރ އަކީ ސައިފް ގޯލްޑަންޖުބުލީ ފުޓުބޯޅަ މުބާރާތުގެ 4 ވަނަ މުބާރާތުގެ ޗެމްޕިއަންޓީމެވެ. ނަމަވެސް ޑިފެންޑިން ޗެމްޕިއަން ޓީމުގެ ގޮތުގައި ނިކުމެ މިދިޔަ މުބާރާތް ޔަންގް ސްޓަރ ނިންމާލީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ނުދެވިއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދީ ޔަންގް ސްޓަރގެ ފާރިޝްއެވެ. ފާރިޝް އަށްވަނީ މިއަދުގެ މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ދެ ކާޑު ހަމަވެފައެވެ.

This slideshow requires JavaScript.

ޖަމިއްޔަތުއްސައިފްގެ ރަންޔޫބިލް އާއި ގުޅުވައިގެން ކުރިއަށް މިގެންދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close