ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

ފަސްވަނަ ފައިނަލަށް ތިޔަމަސް ނިކުންނަނީ

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ފަސްވަނަ ފައިނަލަށް ތިޔަމަސް މިއަދު ނިކުންނާނެވެ. ތިޔަމަސް އިން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މާކުރަތު އެފްޓީ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗު ތިޔަމަސް އިން ކާމިޔާބުކުރީ 3-0 ނަތީޖާއިންނެވެ.

މިމެޗުގައި ތިޔަމަސްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ހަސަން އީނާޒް އާއި ހުސައިން ޝިޔާމް އަދި އިބްރާހީމް ހަސަންއެވެ. މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދީ ތިޔަމަސްގެ ހަސަން ނިޝާންއެވެ.

މިމޮޅާއެކު ތިޔަމަސް ވަނީ މިމުބާރާތުގެ ފައިނަލްގައި ކުޅުމުގެ ފުރުސަތު ފަސްވަނަ ފަހަރަށް ހޯދާފައެވެ. ތިޔަމަސް ސެމީފައިނަލްގެ ފުރުސަތު ހޯދާފައިވަނީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި 5-0 ން ވައިނޮޓް ސްޕޯރޓްސް އަތުން މޮޅުވެ ދެވަނަ މެޗުގައި ޑަބަލްއެލް އާއި ލަނޑެއް ނުޖެހި އެއްވަރުކޮށް 4 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގައި މިހާތަނަށް 8 ގޯލް ކާމިޔާބު ކޮށްފައިވާއިރު ބައިކޮޅަށް އަދި ގޯލެއް ވަދެފައެއް ނުވެއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމްހޯދީ ތިޔަމަސްގެ ހަސަން ނިޝާން

މުބާރާތުގެ ފައިނަލްގައި ވާދަކުރާ ޔަންގް ސްޓަރ ސެމީން ޖާގަހޯދީ ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގެ ފުރަތަމަ މެޗު އެފްސީ އޯކޭ އަތުން 4-0 ން މޮޅުވެ އަދި ދެވަނަ މެޗު މާކުރަތު އެފްޓީ އަތުން 6-0 ން މޮޅުވެ ހޯދި 6 ޕޮއިންޓާއެކުއެވެ. ޔަންގް ސްޓަރ އިން މިމުބާރާތުގައި  12 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް އަދި ގޯލެއް ވަދެފައެއް ނުވެއެވެ.

ޔަންގް ސްޓަރ އަކީ މިމުބާރާތުގެ ފައިނަލްގައި 2 ފަހަރު ވާދަކޮށް އެއްފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެއްމެ ފުރަތަމަ ޔަންގް ސްޓަރ ފައިނަލްކުޅުނީ ސައިފް ގޯލްޑަން ޖުބުލީ 2 ވަނަ މުބާރާތުގައެވެ. އެފަހަރު ފައިނަލްގައި ޔަންގް ސްޓަރ ބަލިވީ 2-1 ތިޔަމަސް އަތުންނެވެ. ޔަންގް ސްޓަރ މިބުރާތް ކާމިޔާބުކުރީ 2015 ވަނަ އަހަރުއެވެ. އެއަހަރު ޔަންގް ސްޓަރ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ޑަބަލްއެލް އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ޑަބަލްއެލްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއީ ޔަންގް ސްޓަރ މިމުބާރާތުގެ ފައިނަލްކުޅޭ 3 ވަނަ ފަހަރެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ހޯދާފައިވަނީ 3 ޓީމަކުންނެވެ. އެއީ ފުރަތަމަ ތިންމުބާރާތް ތިޔަމަސް އެކްސް އަދި 4 ވަނަ މުބާރާތް ޔަންގް ސްޓަރ އަދި 5 ވަނަ މުބާރާތް ޑަބަލްއެލްއެވެ.

ޖަމިއްޔަތުއްސައިފްގެ ރަންޔޫބިލް އާއި ގުޅުވައިގެން ކުރިއަށް މިގެންދާ ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއަރ ޕާޓްނަރަކީ އުނގޫފާރު ޑޮޓްކޮމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއްގެވެސް ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭއިރު ސެމީފައިނަލް އަދި ފައިނަލް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

1 ޙިޔާލު - "ފަސްވަނަ ފައިނަލަށް ތިޔަމަސް ނިކުންނަނީ"


ކިޔުންތެރިއެއް
ލީމް
13 ދުވަސް 21 ގަޑިއިރު ކުރިން

އަޅެ މީގެންވެސް ކޮމެންޓުރީ ގެނެސްދޭނަމަ ފައިނަލަކަސް

 
Close