ޙަބަރު

އުނގޫފާރު ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރައިފި

އުނގޫފާރު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި އުނގޫފާރުގެ ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިރޭގެ 7:30 ހާ އިރުއެވެ.

މި ކޮޅުވެއްޓިއަކީ ރ.އިނގުރައިދޫއިން ވެހިކަލްތަކެއް ބަރުކޮށްގެން އުނގޫފާރަށް ދަތުރުކުރި އެމްޓީސީސީގެ ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް އާންމުންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

އުނގޫފާރު ނެރަކީ މިކަލަލަ ހާދިސާތައް ވަރަށް ގިނައިން ހިނގާފައިވާ ސަރަހައްދެކެވެ. އެ ގޮތުން 2015 ވަނަ އަހަރު އުނގޫފާރު ނެރުމައްޗަށް ބޯޓެއް އަރާފައިވެއެެވެ. އަދި މީގެ އިތުރުން 2016 ވަނަ އަހަރު އުނގޫފާރު ނެރުމައްޗަށް ތެޔޮ ބޯޓެއް ވެސް އަރާފައިވެއެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު އުނގޫފާރު  ނެރުމައްޗަށް ދޯންޏެއް ވެސް އަރާފައިވެއެވެ.

އުނގޫފާރުގެ ނެރުމައްޗަށް އަރާދައިވާ އެމްޓީސީސީގެ ކޮޅުވެއްޓި
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close