ޙަބަރުދިރިއުޅުންސިއްޙަތު

އުނގޫފާރު ސާފުކޮށް ބޭއްވުމުގެ ބޮޑު ޕްރޮގްރާމެއް މާދަމާ ފަށަނީ

އުނގޫފާރު ކައުންސިލް

އުނގޫފާރު ސާފްކޮށް ބޭއްވުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ހަމަޖައްސައި އެމަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. އުނގޫފާރު ކައުންސިލުން އިސްނަގައިގެން ކްލަބް ޖަމާއަތްތަކާއި އުނގޫފާރުގެ މުވައްސަސާ ތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މިޕްރޮގްރާމް ފެށުން އޮންނާނީ މާދަމާ ހެނދުނު 8 ޖަހާއިރު އުނގޫފާރު ބަނދަރު ސަރަހައްދުގައި އިމާރާތްކުރަމުންދާ ބެންކް އޮފް މޯލްޑިވްސްގެ އާއިމާރާތް ކުރިމަތީގައެވެ.

މިޕްރޮގްރާމްގެ ބޭނުމަކީ އުނގޫފާރުގައި ދިރިއުޅެ ފަރާތްތަކަށާއި އުނގޫފާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިހާރަށްވުރެވެސް ހިތްހަމަޖެހޭ އުފާވެރި ސާފްތާހިރު މާހައުލެއް ހޯދައިދިނުމެވެ. މިދުވަސް ތަކަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަ ދުވަސްތަކަކަށް ވުމުން ދައުލަތާއި ސަރުކާރުގެ މުވައްސަސާތަކައި ސިޔާސީ ޕާޓީ ތަކުގެ ވެރިންނާއި އަދި މިޤައުމުގެ އިއްޒަތްތެރި އެތަކެއް ފަރާތްތަކެއް އުނގޫފާރަށް ޒިޔާރަތް ކުރަމުންދާ ދުވަސް ތަކަކަށް ވުމާއެކުވެސް އުނގޫފާރު ސާފްތާހިރުކޮށް ބޭއްވުމަކީ މިކަމަށް ބަލާއިރުވެސް ވަރަށް މުހިއްމު ކަމެއްކަމަށް ކައުންސިލުން ދެކެއެވެ.

އުނގޫފާރު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިޕްރޮގްރާމުގެ ދަށުން މަގުމަތީގައި ބެހެއްޓިފައި ހުރި ތަކެތިނަގާ ސާފުކުރުމާއި އާއްމުކޮށް މީހުން ގޮސްއުޅޭ އަދި ޖަމާވާ ސަރަހައްދުތަކާއި ގޯތިދެގޮރު ސާފުކުރުން ކުރިއަށްދާނެއެވެ.

މިޕްރޮގްރާމް ފެށުމުގެ ގޮތުން އުނގޫފާރު ކައުންސިލުން ކްލަބް ޖަމާއަތްތަކައިއެކު މަޝްވަރާބައްދަލުވުން ބޭއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލުވުމުގައި ޖަމްއިއްޔަތުއްސައިފް، ކްލަބް ޔޫތު ސްޓަރ އަދި އުފާއިން ބައިވެރިވެފައިވެއެވެ.

މިޕްރޮގްރާމްގެ ދަށުން އުނގޫފާރު ސާފުކުރުމުގެ ހަރަކާތްތައް މާދަމާއިންފެށިގެން ބަންދު ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މާދަމާގެ ޕްރޮގްރާމް ކުރިއަށްދާނީ ހެނދުނު 8:00 ން 10:30 އަށެވެ. މިހަރަކާތްތަކުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެ އެހީތެރިވުމަކީ އުނގޫފާރު ކައުންސިލުގެ ވަރަށްބޮޑު އެދިލެއްވުމުކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

2 Comments on "އުނގޫފާރު ސާފުކޮށް ބޭއްވުމުގެ ބޮޑު ޕްރޮގްރާމެއް މާދަމާ ފަށަނީ"


Guest
Hussain fahumee
3 months 4 days ago

Ungoofaaru saaf kurumahtakaa buefa kauncil in vazeefaa dheefa thibi meehun kobaa

Guest
Hussain fahumee
3 months 4 days ago

Aharunnah heyo ungoofaaru saafukuriyad nukuriyas ahremennah vaa ehves faidhaa ehneh

 
Close