ޙަބަރުރ.އަތޮޅުސިޔާސީ

ރި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 12 އަށް ހަމަވާނެ!

ރިޔާސީ އިންތިހާބު 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ވޯޓު ރީ ރަޖިސްޓްރީކުރުމަށް އިލެކްޝަން ކޮމިޝަނުން ދީފައިވާ ފުރުސަތު މިރޭ ބާރަޖަހާއިރު ހަމަވާނެއެވެ. މިއީ ވޯޓުލާން ރި ރެޖިސްޓްރީ ނުކޮށްތިބި ފަރާތްތަކަށް ރެޖިސްޓްރީ ކުރުމަށް ލިބިގެންދާނެ އެންމެ ފަހުފުރުސަތެވެ.

ވޯޓު ލުމާއި ރި ރެޖިސްޓްރީ ކުރުމަކީ ފަރުދީ ޒިންމާއެއްކަމުގައި ވިއަސް ބައެއްފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ދިވެރިހާއްޖޭގައި މިކަން މިއޮންނަނީ ވަކިމީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ކޮށްދޭ ކަމެއްގެ ގޮތުގައިއެވެ. ދެވަނަ ފަރާތެއް މެދުވެރިކޮށް ރި ރެޖިސްޓްރީ ކުރުމަށް ފޯމު ހުށައެޅި ފަރާތްތަކުގެ ރެޖިސްޓްރޭޝަން ކަންތައް ވީނުވީއެއް ނޭނެގި އެފަރާތްތައް ރެޖިސްޓްރީ ނުވާނަކުގެ ޝަކުވާތައް އިތުރުވެފައިވާތީ މިގޮތަށް ފޯހު ހުށައެޅި ފަރާތްތަކުން މިކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމުކަމެވެ. އަދި މިގޮތަށް ފޯމު ހުށައެޅި ފަރާތްތަކުން އިތުބާރު ކުރެވޭ ފަރާތެއް މެދުވެރިކޮށް ނުވަތަ އަމިއްލަފުޅަށް އިލެކްޝަން ކޮމިޝަނަށް ވަޑައިގެން މިއަދު އަލުން ފޯމު ހުށައެޅުމަކީ މިކަމަށް އޮތް ހައްލެކެވެ. އަދި މިއީ މިކަމަށް ލިބޭނެ އެއްމެ ފަހު ފުރުސަތެވެ. ރަށްރަށުގައިނަމަ އެރަށެއްގެ ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމު ހުށައެޅުއްވޭނެވެ.

 

އިލެކްޝަން ކޮމިޝަނުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި އިއްޔެއާއި ހަމައަށް ރި ރެޖިސްޓްރޭޝަނަށް ފޯމް ހުށަހެޅި އަދަދު 72000 އަށް އަރައިފި އެވެ.

ރަށްވެހިވަފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން އެދޭ ނަމަ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު މިރޭ ބާރަގަޑި ސުންމިނެޓަށް ހަމަވާއިރު ގިނަ އަދަދެއްގެ ފޯމްތައް މިހާރުވެސް ލިބެމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close