ޙަބަރު

ރިރެޖިސްޓްރީފޯމު ހުށަނާޅާ 4 މީހުން ވޯޓުލާން އެހެންތަންތަނަށް ރެޖިސްޓްރީކޮށްފައިވާކަން ހާމަވެއްޖެ

ރިޔާސީ އިންތިހާބު 2018

ކުރިއަށްއޮތް ރިޔާސީ އިންތިހާބްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމުކޮށްފައިވާއިރު އެލިސްޓުގައި ހުރި އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ.

އުނގޫފާރުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާމީހުންގެ ލިސްޓް އާއްމުކޮށްފައިވާއިރު އެލިސްޓުގައި މަރުވެފައިތިބި 3 މީހުންގެ ނަން އޮތްކަން ހާމަވެފައި އޮއްވާ އަނެއްކާވެސް މިވަނީ އެހެން މައްސަލައެއް ފެންމަތިވެފައެވެ. އެއީ ރިރެޖިސްޓްރީ ކުރަން ފޯމުނުލާ ބަޔަކު އެހެން ތަންތަނަށް ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވުމެވެ.

އުފާ ނިއުސްޓީމުން ބެލިބެލުމުންނާއި އަޅުގަނޑުމެންނާއި މައުލޫމާތު ހިއްސާކުރި ފަރާތްތަކު ބުނާގޮތުން އުނގޫފާރުގެ 4 މީހަކުވަނީ ވޯޓުލާން އުނގޫފާރު ނޫން އެހެންތަންތަނަށް ރެޖިސްޓްރީ ކޮށްފައެވެ. އެގޮތުން ރަށުގައި ވޯޓުލާންބޭނުންވާ 3 މީހަކު މާލޭގައި ބަހައްޓާ ރ އަތޮޅު 2 ނަމްބަރު ފޮއްޓަށް ރެޖިސްޓްރީ ކޮށްފައިވާއިރު އަނެކަނު ވަނީ ބ ކަމަދޫ ފޮއްޓަށް ރެޖިސްޓްރީކޮށްފައެވެ.

އުފާ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުން އެފަރާތްތަކުން ރިރެޖިސްޓްރީ ކުރުމަށް އެއްވެސް ފޯމެއް ހުށައަޅާފައެއް ނުވެއެވެ. އަދި އެކަކު ރިރެޖިސްޓްރީ ކުރުމަށް އެއްފަހަރު ފޯމް ހުށައެޅުމުން ފޯމުވަނީ ބާތިލްކޮށްފައެވެ. އަދި ޝަކުވާހުށައެޅުމާއި ރެޖިސްޓްރީ ކުރަން ދިން ދެވަނަ ފުރުސަތުގައި ފޯމުނުލީ ރަށުގައި ވޯޓުލާން ބޭނުންވާތީއެވެ. ނަމަވެސް ފައިނަލް ލިސްޓް އާއްމުކުރިއިރު އޮތީ މާލޭގައި ރެޖިސްޓްރީ ކޮށްފައެވެ.

މިފަދަ މައްސަލަ ތަކާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގެ ތެރޭގައި ހުރިހާ ޕާޓީތަކުން ވެސް ހުށަހަޅާފައިވާ މައްސަލަތައް ބަލާ އިސްލާހު ގެނެސްފައިވާކަމަށެވެ. އަދި ފައިނަލް ލިސްޓުގައި މައްސަލަތައް ހުރިނަމަވެސް އެއަށް ބަދަލު ގެނައުމުގެ ބާރު އީސީއަށް ލިބިގެން ނުވާކަމަށެވެ. އެކަމަކު، އެލިސްޓާއި ގުޅިގެން ހުރި އިތުރު މައްސަލަތައް ކޯޓު އަމުރެއްގެ ދަށުން އިސްލާހުކުރެވޭނެކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

3 Comments on "ރިރެޖިސްޓްރީފޯމު ހުށަނާޅާ 4 މީހުން ވޯޓުލާން އެހެންތަންތަނަށް ރެޖިސްޓްރީކޮށްފައިވާކަން ހާމަވެއްޖެ"


Guest
ނައުފަލް ފްރެންޑް
2 months 9 days ago

އިބްރާހީމްބެ، ނައުފަލް ކާފަ އޮތީ މާލެއަށް ކަމަށްވަނީ………………

Guest
ފާތުމާފުޅު ގޯތި އަހަންމަދު
2 months 9 days ago

ކަންތަކާޖެހުނީ

Guest
ކުޑައަލީ
2 months 9 days ago

ކޮންބައެއްތަ އެއީ ނަން ޖަހާލިނަމަ ވަރަށް ފުރިހަމަވީސް. އަނެއްކާ ކޮންފަޅިއެއްގެ ވޯޓެއްބާ؟

 
Close