ޙަބަރު

އުނގޫފާރު ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ މިރޭ ބާއްވަނީ

އުނގޫފާރު ސްކޫލް

އުނގޫފާރު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އުނގޫފާރު ސްކޫލްގެ ރިހި މާލަމުގައެވެ.

މިދިޔަ އަހަރު ބޭއްވުނު 2016 ވަނަ އަހަރުގެ އިނާމްދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޤާއިޘް ޔަޢުޤޫބު، ފަންގި، ރ.އުނގޫފާރެވެ. އަދި އެންމެ މޮޅު ކެޑޭޓަކަށް ހޮވުނީ ނައިހާ ޢަލީ، މަހިދޫ ރ.އުނގޫފާރެވެ. މީގެ އިތުރުން ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވުނީ ފާޠިމަތު ނައިޝާ ޖާދުﷲ އަބްދުލް ބާރީ، ނަޖަފު ރ.އުނގޫފާރެވެ.

މިދިޔަ އަހަރު ބޭއްވުނު އިނާމުދިނުމުގެ ޖަލްސާގައި އުނގޫފާރު ސްކޫލްގެ އާ ލައިބުރަރީއަށް ފޮތް ހޯދުމަށް ކުރިއަށް ގެންދެވުނު ޙާއްސަ ކެންޕޭނެއް އިފްތިތާހު ކުރިއެވެ. “ކޮންމެ އިސްދަރިވަރަކު ފޮތެއް” މިނަމުގައި ފެށިގެން ދިޔަ ކެންޕޭން އިފުތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާން އިބްރާހިމް އަބްދުއްރައްޒާޤު ހަލީމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close