ޙަބަރުސިޔާސީ

އުނގޫފާރު ކައުންސިލުން އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ އަށް މަރުހަބާ ދަންނަވައިފި

އުނގޫފާރު ކައުންސިލް

23 ސެޕްޓެމްބަރ 2018 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރިއަށްއޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް ތަފާތު ބޮޑު ނަތީޖާއަކުން އިއްތިހާދުގެ ކެނޑިޑޭޓް އޮނަރަބަލް އިބްރާހީމް މުހައްމަދު ޞާލިހު އިންތިހާބުވެ ވަޑައިގެންފައިވާތީ، އެކަމުގެ އުފަލުގައި އުނގޫފާރު ކައުންސިލުން އެމަނިކުފާނަށް ތަހުނިޔާގެ މެސެޖެއްފޮނުވައިފިއެވެ.

އުނގޫފާރު ކައުންސިލާއި އުނގޫފާރުގެ އެއްމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި ފޮނުވި މިމެސެޖުގައި އުނގޫފާރު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އެމަނިކުފާނު ހޮއްވަވައި ދެއްވިކަމަށްޓަކައި އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ތަހުނިޔާގެ މިމެސެޖުގައި އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އުނގޫފާރު ރަށްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވާ އުނގޫފާރާއި ރ އަތޮޅުގެ ތަރައްޤީއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދޭކަމަށާއި އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތްދިނުމުގައި އުނގޫފާރު ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށްވެސް މިމެސެޖުގައި ބަޔާންކޮށްފައިވެއެވެ.

އަދި ކުރިއަށްއޮތް 5 އަހަރަކީ މިނިވަންކަމާއެކު ކައުންސިލްތަކުގެ ދައުރު އަދާކުރެވޭފަދަ ބަޔަކަށް ކައުންސިލުތައް ހައްދަވައިދެއްވާ ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނެ ދައުރަކަށްވުމަކީ އުނގޫފާރު ކައުންސިލުގެ ވަރަށްބޮޑު އުއްމީދެއްކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ތަހުނިޔާގެ މިމެސެޖު ނިންމަވާ ލާފައިވަނީ އޮނަރަބަލް އިބްރާހީމް މުހައްމަދު ޞާލިހުގެ ޒައާމަތުގައި މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަން ހިމާޔަތްކުރެވި ފަހުރުވެރި މިނިވަން ރައްޔިތަކު ދިރިއުޅޭ ޤައުމަކަށް ދިވެހިރާއްޖެ ލެއްވުންއެދި ދުއާ ކުރަމުންނެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "އުނގޫފާރު ކައުންސިލުން އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ އަށް މަރުހަބާ ދަންނަވައިފި"


Guest
Badhavveh
2 months 11 days ago

Kobaatha ungoofaarah kohdheyn bunikamaky engey kujjaku bunebala varah avaha

 
Close