ޙަބަރުވިޔަފާރި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ދިވެހި ރާއްޖެއަށް ތެޔޮއެތެރެކުރާ މައިކުންފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. މިއީ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯއިން ބަދަލު ގެނައި ފަސްވަނަ ފަހަރެވެ.

އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން މިހާރު 20 ލާރި އަގު ބޮޑު ކޮށްފައިވާނެ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.97ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 11.43ރ. ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނިގޮތުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންނެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު އުނގޫފާރުގައި އެއްމެ ފުޅާކޮށް ތެޔޮވިއްކާ އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ތެލުގެ އަގަށް މިއަދު އަދި ބަދަލެއް ގެނެސްފައެއްނުވެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close