ޙަބަރުކުޑަކުދިން

އުނގޫފާރު ބްރާންޗްގެ މުވައްޒަފުންވެސް ދަރިންނާއެކު އޮފީހަށް: ބީއެމްއެލް އަށް ތަފާތު ދުވަހެއް!

ބެންކް އޮފް މޯލްޑިވްސް

މިއަދަކީ ބީއެމްއެލްގެ މުވައްޒަފުންނަށް ވަރަށް ތަފާތު އުފާވެރި ދުވަހެކެވެ. ރާއްޖޭގެ މައި ބޭންކްގެ އޮފީސްތަކާއި ބްރާންޗްތައް ކުޑަކުދިންނާ ގުޅޭ ގޮތަށް ޒީނަތްތެރިކޮށް، މުވައްޒަފުންނަށް އެ ބޭންކުން މިއަދު ހުޅުވާލާފައިވަނީ ދަރިން ގޮވައިގެން މަސައްކަތަށް ނުކުމެލުމުގެ ފުރުސަތެވެ. ބޭނުމަކީ ކުދިންނަށް މައިންބަފައިން ކުރާ މަސައްކަތް ގާތުން ދައްކާލުމެވެ.

ކުޑަ ކުދިން ޒިޔާރަތްކުރާ ދުވަހުގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާއިރު ކުދިންނަށް ހާއްސަކޮށްގެން އެކި އުމުރުފުރާތަކާ ގުޅޭ ހަރަކާތްތައްވެސް ބޭންކްގެ އެކި ބްރާންޗް ތަކުގައި މިއަދު ދަނީ ކުރިއަށްގެންދަމުންނެވެ.  ބީއެލްއެމް އުނގޫފާރު ބްރާންޗްގައި މަސައްކަތްކުރާ މުވައްޒަފުންވެސް އެމުވައްޒަފުންގެ ދަރިންނާއެކު އޮފީހުގައި ވަގުތު ހޭދަކުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3 ން ފެށިގެންނެވެ.  މިހަރަކާތައް އުނގޫފާރު ބްރާންޗްވެސް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

މި ހަރަކާތަކީ ބީއެމްއެލްގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން މަތީ ފެންވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ކުންފުނިން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރު ބީއެމްއެލް އިން ވަނީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ޖެހިޖެހިގެން ދެވަނަ އަހަރު ހޯދާފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close