ރިޕޯޓް

ދީލަތި އެހީއަކަށް ބޭނުންވެފައިވާ ފަރްހީންއަށް އެހީއެއްވެދެއްވާ

މަތީގައިވާ ފޮޓޮއިން ފެންނަ މައުސޫމް ލޯބި ލޯބި ތުއްތު ކުއްޖާއަކީ ދެމަފިރިއެއްގެ ހިތުގެ ވިންދެވެ. ދެ ލޮލުގެ ފިނިކަމެވެ. ނަމަވެސް އެ ދެމެފިރިން މިއަދު އެވަނީ އެ ހިތުގެ ފިނިކަން ބީވެ ހިނގައިދާނެ ކަމުގެ ބިރު ހީވެ މާޔޫސްވެފައެވެ. އުމުރުން އެންމެ 5 އަހަރުގެ މަރްޔަމް ފަރުހީން އަކީ ތ.ތިމަރަފުއްޓަށް ނިސްބަތްވާ އައިމިނަތު ނަސްވާގެ 7 ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު އަދި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ފިރިމީހާ  މުހައްމަދު ރަޝީދާ އަކު ލ.ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާގެ ދަރިފުޅަށް ވަނީ ހެދިބޮޑުވުމުގެ މައްސަލަތަކެއް ދިމާވެ ދިގު މުއްދަތަކަށް ފަރުވާކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ފަރުހީންގެ މަންމަ ނަސްވާ ބުނި ގޮތުގައި ފަރުހީންއަށް އައީ އެންމެ ތުއްތު އިރުންސުރެ ސިއްޙީ މައްސަލަތަކެއް ދިމާވަމުންނެވެ. އެންމެ ތުއްތު އިރުއްސުރެ ފަރުހީން ވަރަށް ގިނައިން ހުންއައިސް ބަލިވެއެވެ. ހިނގައި ގަނެވޭ އުމުރަށް ދިޔަ ނަމަވެސް ފައިކޮޅުގައި ވަރު ނުހުރުމުގެ ސަބަބުން ގިނަ ފަހަރަށް އުރައިގެން ގެންގުޅެން ޖެހެއެވެ. މިކަމުގެ ސަބަބުން ފަރުހީން ސްކޫލަށް ދިއުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

ނަސްވާ ބުނި ގޮތުގައި ފަރުހީންގެ ބަލި ދެނެގަނެވިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދެއްކުމުންނެވެ. ނަސްވާ އުނގޫފާރު.ކޮމްއާ ހިއްސާކޮށްފައިވާ ކިމްސް ހޮސްޕިޓަލުގެ ލިޔުންތަކުން އެނގޭ ގޮތުގައި ފަރުހީންގެ ހަށިގަނޑުގައި ބޭނުންވާ ވަރަށް ގުރޯތު ހޯމޯން ނުވަތަ ހެދި ބޮޑުވުމަށް ބޭނުންވާ ހޯމޯން އުފައްދައެއް ނުދެއެވެ. ޑޮކްޓަރުންނާ ހަވާލާދީ ނަސްވާ ބުނި ތޮތުގައި ފަރުހީންއަށް ބޭނުންވާ ފަރުވާ އަވަހަށް ނުދެއްވިޖެ ނަމަ ފަރުހީން ވެގެންދާނީ ހެދިބޮޑުވުމުގައި އުނިކަން ހުންނަ “ޑްވާފް” ކުއްޖަކަށެވެ.

ފަރްހީންއަށް ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ރިކޮމެންޑްކޮށްފައިވާ ފަރުވާ އަކީ އުމުރުން 12 އަހަރު ވަންދެން ގްރޯތު ހޯމޯން ތިރަޕީ ދިނުމެވެ. މިކަމަށް ގަވާއިދުން ދޭން ޖެހޭ އިންޖެކްޝަނަށް މަހަކު 12000ރ ހަރަދުވެއެވެ. މީގެ އިތުރުން ފަރްހީންގެ އެތެރެހަށީގެ ގުނަވަންތައް ހެދިބޮޑުވާ މިންވަރު ދެނެގަތުމަށް ކިމްސް ހޮސްޕިޓަލުން ހަދަން ޖެހޭ ޓެސްޓްތަށް ހެދުމަށް އަހަރަކު 2 ފަހަރު އިންޑިއާއަށް ދާންޖެހެއެވެ. އެހެން ކަމުން މިކަމަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައި ވުމުގެ ސަބަބުން ނަސްވާ އެދެނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމެކެވެ.

މަރްޔަމް ފަރުހީންއަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން ނަސްވާގެ ނަންބަރު 7393095 އަކަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުން އެދެމެވެ. ނަސްވާގެ އެކައުންޓުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

އެކައުންޓް ނަންބަރ: 7730000190827

ނަން: އައިމިނަތު ނަސްވާ

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

Leave a Reply

Be the First to Comment!


 
Close