ޙަބަރުރ.އަތޮޅުސިޔާސީ

މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތުގެ ގޮނޑި ސަލާމަތްވެއްޖެ

މަޑުއްވަރީ ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ދާދިދެންމެއަކު ހުކުމްކޮށްފި އެވެ. އެ ހުކުމް އިއްވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރާއްޖެއަށް އަންނަންފެށި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ޖުލައި 18، 2017 ގަ އެވެ. އީސީން އެގޮތަށް ނިންމީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޖުލައި 13، 2017 ގައި ހުކުމަށް ރިއާޔަތްކޮށްފަ އެވެ.

އަމީތުގެ ގޮނޑި ގެއްލުވާލި މައްސަލައިގައި، އީސީއާ ދެކޮޅަށް ކުރި ދައުވާއާ ގުޅިގެން ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ މިދިޔަ މާޗް 29، 2017، ގައި މުހައްމަދު އަމީތު ޕީޕީއެމުން ވަކިކޮށް ފިޔަވަޅު އަޅާފައިވާ ކަން ޕީޕީއެމުން އީސީއަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށެވެ. އަދި ޕީޕީއެމްގެ ދަފްތަރުން އަމީތު އުނިކޮށްދޭން ޖުލައި 10 2017، ގައި ހުށަހެޅި ނަމަވެސް، އުނިކޮށްދީފައި ނުވާ ކަމަށެވެ. އަދި ދަފްތަރުން އުނި ނުކުރި މައްސަލައިގައި ޖުލައި 11، 2017 ގައި މައްސަލައިގެ ފޯމް ވެސް އަމީތު އިލެކްޝަނަށް ހުށަހެޅި ކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުން ޖުލައި 16، 2017 ގައި ނެރުނު އަމުރުގައި މާޒީވެ ދިޔަ ކަންކަމުގެ މައްޗަށް ރުޖޫއަ ނުވާނެ ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު، އެ ތާރީހުން ފެށިގެން ގޮނޑި ހުސްވެއްޖެ ކަމަށް ބަލާނީ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވުމުން ކަން އެނގެން އޮންނަ ކަމަށެވެ. އެ ބުނާ ތިން ހާލަތަކީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާ އުސޫލެވެ.

މިއަދުގެ މިހުކުމާއެކު ރައްޔިތުންގެ މަޖިލީހުގައި ރ އަތޮޅު ތަމްސީލުކުރުމަށް ރ އަތޮޅު ރައްޔިތުން އިންތިހާބުކުރި 5 މެމްބަރުންނަށްވެސް އެ މަޖިލީހުގައި ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރުމުގެ ފުރުސަތު އަނެއްކާވެސް ލިބިގެން ދިޔައީއެވެ. ސްޕްރީމް ކޯޓުގެ މިއަދުގެ މިހުކުމާ ހަމައަށް އަހަރަކަށްވުރެ ގިނަދުވަސް ވެގެން މިދިޔައީ މަޑުއްވަރީ ދާއިރާގެ މީދޫ އަދި މަޑުއްވަރީގެ ރައްޔިތުންގެ އަޑު މަޖިލީހުގައި ނީއްވިއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

Leave a Reply

Be the First to Comment!


 
Close