ޙަބަރުރ.އަތޮޅު

އީތަންގެ ފަރުވާއަށް އެހީ ހޯދުމަށް މާދަން ފަންޑް ރެއިސިން ހަރަކާތެއް ބާއްވަނީ

އުފަންވާއިރު ތުންފަތާއި ތަލީގެ މަސްތައް ރަނގަޅަށް އުފެދިފައި ނެތުމުގެ ސަބަބުން ދިމާވާ ހާލަތެއް މެދުވެރިވެފައިވާ  އީތަން މުޙައްމަދު އިޝާންގެ ފަރުވާއަށް އެހީ ހޯދުމަށް މާދަމާ އުނގޫފާރުގައި ފަންޑް ރައިސިން ހަރަކާތެއް ބޭއްވުމަށް ޢާއިލާއިން ތައްޔާރުވެއްޖެއެވެ. ހެލްޕް އީތަންގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ކާބޯތަކެތީގެ މައުރަޒެކެވެ.

ޢާއިލާގެ އެންމެންގެ އެއްބާރުލުމާ އެކު ކުރިއަށްދާ މި މައުރަޒު އޮންނާނީ މާދަމާ ހެދުނު 10:00 ން މެންދުރު ފަހު 14:30 އަށް އުނގޫފާރު ފޭރާން ފިހާރަ ކުރިމަތީގައެވެ. މި މައުރަޒުގައި ކާބޯތަކެތީގެ އެކި ބާވަތްތައް ގަންނަން ލިބެން ހުންނާނެއެވެ.  މީގެ އިތުރުން އެހީގެ ގޮތުގައި ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލެވިފައި ވާނެއެވެ.

އީތަން އަކީ ރ.ކަނދޮޅުދޫ، ނޫރާނީވިލާ، މުޙައްމަދު އިޝާން އަދި ރ.އުނގޫފާރު، ރިހިވެލި އައިޝަތު ފަޒްލީނާގެ އަލަތު ދަރިފުޅެވެ. އީތަން އުފަންވި އިރު އޭނާއަށް ވަނީ އުފެދުމުގައި ތުއްތު ކުދިންނަށް ކުރިމަތިވާ ހާލަތެއް ކުރިމަތިވެފައެވެ. އެއީ ތުންފަތް އަދި ހިރުގަނޑުގެ މަސްތައް ރަނގަޅަށް އުފެދިފައި ނެތުމުން ދިމާވާ ހާލަތެކެވެ. އުފެދުމުގައި ދިމާވާ މައްސަލަތަކުގެ ނިސްބަތުން މިއީ ވަރަށް އާންމު ކަމެކެވެ. މި ހާލަތުގެ ސަބަބުން ތުއްތު އީތާންގެ މަތީ ތުންފަތް އަދި މަތީ ތަލީގައި ވަނީ ބާގަނޑެއް ހެދިފައެވެ. މި ހާލަތުގައި ދަރިފުޅަށް ޤާތުން ކިރުދިނުމާއި، ފެންދިނުމާއި ނޭވާލުން އުނދަގޫވެގެން ދެއެވެ. އީތަންގެ މަޢުލޫމާތު މީގެ ކުރިން ވެސް އުނގޫފާރު.ކޮމް އިން ވާނީ ގެނެސްދީފައެވެ.

ތުއްތު އީތަން އަށް އެހީތެރިކަމެއް ދެއްވާ!

ޑޮކްޓަރުންނާ ހަވާލާދީ ޢާއިލާއިން ބުނި ގޮތުގައި އީތަން މުޅިން ރަނގަޅުވުމަށް 3 ސާޖަރީއެއް ކުރަން ޖެހެއެވެ. ނަމަވެސް މި ސާޖަރީތަކަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެތީ އާއިލާއަށް ވަނީ ފައިސާގެ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ. ޢައިލާއިން މައުލޫމާތު ދިން ގޮތުގައި ހެޔޮ އެދޭ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު އީތަންގެ ފުރަތަމަ ސާޖަރީ މިހާރު ވަނީ ކާމިޔާބުކަމާއެކު ކުރެވިފައެވެ. އާއިލާއިން ބުނި ގޮތުގައި އީތަންގެ މަޢުލޫމާތު އުނގޫފާރު.ކޮމް އިން ގެނެސްދިނުމާއެކު ވަރަށް ގިނަބައެއްގެ އެހީތެރިކަމެއް ލިބިގެން ގޮސްފައިވާތީ އެ އެންމެ ފަރާތްތަކަށް އާއިލާއިން ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން ބޭނުންވެއެވެ. އަދި މީގެ އިތުރުން ޢާއިލާގެ އެދުމަކީ މާދަމާގެ އިވެންޓްގައި ވީހާވެސް ގިނަ ހެޔޮ އެދޭ ފާރާތްތަކުން ބައިވެރިވެ ދެއްވުމެވެ.

އީތަންއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ. ނުވަތަ އީތަންގެ ބައްޕަ މުޙައްމަދު އިޝާންގެ ނަންބަރ 9633676 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

އެކައުންޓް ނަންބަރ: 7730000021046

އެކައުންޓްގެ ނަން: މުޙައްމަދު އިޝާން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

Leave a Reply

Be the First to Comment!


 
Close