ޙަބަރުރ.އަތޮޅު

ބީއެމްއެލް އަށް ގިނަދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބެންކް އޮފް މޯލްޑިވްސް އަށް ގިނަ ދުވަސް ވަންދެން ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ. މި އެވޯޑްތައް މުވައްޒަފުންނަށް ހަވާލުކޮށްފައި ވަނީ ބެންކް އޮފް މޯލްޑިވްސްއިން ބުދަ ދުވަހުގެ ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.

މި ހަފުލާގައި އެވޯޑް ހަވާލުކޮށްފައި ވަނީ ބޭންކްއޮފް މޯލްޑިވްސް އަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. މި އެވޯޑް މުވައްޒަފުންނަށް ހަވާލުކޮށްދެއްވީ ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްެރޫ ހީލީއެވެ.

މި އެވޯޑް ޖުމްލަ 37 މުވައްޒަފުންނަށް ލިބިގެން ދިއައިރު އޭގެ ތެރޭގައި ބީއެމްއެލް އުނގޫފާރު ބުރާންޗުގައި މަސައްކަތް ކޮށްފައިވާ އަދި ކުރަމުންދާ މުވައްޒަފުން ވެސް ހިމެނެއެވެ. އެ ގޮތުން އުނގޫފާރު ބުރާންޗްގެ މެނޭޖަރ އިސްމާއިލް ނާފިޒް ، އަބްދުﷲ ސުޖާއު އަދި ކުރިން ގިނަ ދުވަސްތަކެއް ވަންދެން އުނގޫފާރު ބުރާންޗުގައި މަސައްކަތް ކުރުމަށްފަހު މިހާރު ނައިފަރު ބުރާންޗުގެ މެނޭޖަރެއްގެ މަޤާމު އަދާކުރަމުންދާ މުޙައްމަދު ނަބީލަށް ވެސް  މި އެވޯޑް ލިބިގެންގޮސްފައިވެއެވެ.

ބެންކް އޮފް މޯލްޑިވްސް އިން އަންނަނީ 2015 އިން ފެށިގެން ކޮންމެ އަހަރަކު ބެންކަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަފުލާއެއް ބާއްވަމުންނެވެ. ބީއެމްއެލް އިން މި ފަހުގެ ތާރީހުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިރު ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އެ ބޭންކުން އަންނަނީ ތަފާތު އެވޯޑްތައް ހާސިލް ކުރަމުންނެވެ. އެ ގޮތުން ބީއެމްއެލް އިން ވަނީ އެ ބޭންކްގެ ހިއުމަން ރިސޯސް މެނޭޖްމެންޓް ސިޔާސަތަށް  އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް މި އަހަރު ކުރީކޮޅު ޖެހިޖެހިގެން 2 ވަނަ ފަހަރަށް ހޯދާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

Leave a Reply

Be the First to Comment!


 
Close