ޙަބަރުރ.އަތޮޅުސިޔާސީ

ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ މައުލޫމާތު ހާމަކުރަނީ

ޑރ އަފްރާޝީމް އަލީ

މީގެ ހަ އަހަރު ކުރިން ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެއިރުގެ މެމްބަރު، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތު، އެކަން ހާމަކުރެވޭނެ ފަދަ ޕްލެޓުފޯމެއްގައި ހާމަކުރައްވާނެ ކަމަށް އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ. އަބްދުﷲ ރިޔާޒާއި ހަވަލާދެއްވާ މިހަބަރު ގެނެސްދީފައިވަނީ އައްޑޫލައިވްގައެވެ.

އައްޑޫލައިވް ގައިވާގޮތުން “މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް އެކަމަށް އެޕްރޮޕްރިއޭޓު ޕްލެޓްފޯމެއްގައި ހާމަ ކުރަން މިހިރީ ތައްޔާރަށް. އެކަންކަން ސޯޝަލް މީޑިޔާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ކަމަށް ނުދެކެން” ރިޔާޒް ވިދާޅުވެފައިވެއެވެ.

އިންތިޚާބަށް ފަހު އަބްދުﷲ ރިޔާޒް ޖަލު ބަންދުން މިނިވަން ވުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި، އެ މައުލޫމާތު ހިއްސާ ކުރަން ވަގުތު ޖެހިއްޖެތޯ ރިޔާޒާ ސުވާލު އަމާޒު ކުރައްވަމުންނެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިރޭ ރިޔާޒު ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ ސޯޝަލް މީޑިޔާއަކީ އެފަދަ މައުލޫމާތު ހާމަކުރަން އެކަށީގެންވާ ޕްލެޓްފޯމެއް ނޫން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަންނިމި ދެން އުފެދިގެން އަންނަ އިބްރާހީމް މުހައްމަދު ސޯލިހުގެ ގުޅިފައިވާ ސަރުކާރަކީ އެސަރުކާރެއް ގެނައުުމުގައި އަބްދުﷲ ރިޔާޒުވެސް ބައިވެރިވާ ސަރުކާރެއްކަމަށްވުމުން އެފަދަ ޕްލެޓްފޯމެއް މިއުފެދޭ ސަރުކާރުގައި ޤާއިމުވެގެން ދާނެކަމީ ވަރަށްބޮޑަށް ޔަޤީން ކުރާކަމެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގައި ދައުލަތުން ވަނީ ހުސެން ހުމާމްގެ މައްޗަށް ދައުވާ އުފުލާފައެވެ. ގަސްދުގައި މީހަކު މެރުމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، މަރަށް މަރު ހިފުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close