ޙަބަރުރ.އަތޮޅުސިޔާސީ

ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު – ޕްރޮފެސަރ އުގައިލް

ޑރ އަފްރާޝީމް އަލީ

އަނިޔާވެރި ކޮށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ ޢިލްމުވެރިޔާ ރ އުނގޫފާރު ގުލްފާމްގޭ ޑރ އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ރާއްޖޭގެ  ޕްރޮފެސަރ ހަސަން އުގައިލް މިއަދު ވިދާޅުވެއްޖެއެވެ.  ޕްރޮފެސަރ ހަސަން އުގައިލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.
އުގައިލްގެ ޓްވީޓްގައި ޑރ އަފްރާޝީމް އަލީގެ އިތުރުން ވަގަށްނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާނުގެ ތަހުޤީގަށާއި އަނިޔާވެރިކޮށް މަރާލެވިފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ތަހުޤީގަށް އެހީތެރިކަން އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަމަށްވެސް އެހީތެރިކަންދޭން ތައްޔާރަށް ހުންނެވި ކަމަށް ހާމަކޮށްފައިވެއެވެ.


އުގައިލް މިހެން ވިދާޅުވިއިރު ޔާމީންގެ މައްސަލާގައި ލިބިފައި ހުރި ވީޑިއޯތައް އެނަލައިޒް ކުރުމަށް އިނގިރޭސިވިލާތުގެ ފޮރެންސިކު އެކްސްޕާޓުންގެ އެހީ ހިލޭ ހޯދައި ދިނުމަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ކޮންމެ ވެސް ސަބަބބަކާ ހެދި އެ އެހީ ކަމާ ބެހޭ ފަރާތްތަކުން ބަލައި ނުގަތް ކަމަށް އުގައިލް މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close