ޙަބަރުރ.އަތޮޅުކުޑަކުދިންސިއްޙަތު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 27 ނޮވެމްބަރުގައި ފަށަނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހިތާނީ ކޭމްޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއަހަރުގެ ކޭމްޕު ބޭއްވުމަށް ހަމަޖައްސާފައިވަނީ 27 ނޮވެމްބަރު 2018 އިން 25 ޑިސެންބަރު 2018ގެ ނިޔަލަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މިކޭމްޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 5 ހަފްތާއަށް ބަހާލެވިގެން ކަމަށާއި ކޮންމެ ހަފްތާއަކު 8 ކުދިން ހިތާނު ކުރާނެކަމަށެވެ. މިގޮތުން ހިތާނު ކުރަން ހަމަޖެހިފައިވާ ދުވަސްތަކަކީ 27 ނޮވެމްބަރ 2018 އަދި 4، 11، 18، 25 ޑިސެމްބަރ 2018 ކަމުގައި ހޮސްޕިޓަލްގެ އިއުލާނުގައިވެއެވެ.

މިކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިހިނގާ އޮކްޓޯބަރ މަހުގެ 25 ވަނަދުވަހުން ފެށިގެން ނަންނޯޓު ކުރުން ކުރިޔަށް ގެންދިއުމަށް ވަނީ ހުޅުވާލެވިފައެވެ. ހޮސްޕިޓަލްގެ ކައުންޓަރަށް ވަޑައިގެން ނުވަތަ 6580100 ނަމްބަރ ފޯނަނަށް ގުޅުއްވައިގެން ނަން ނޯޓުކުރުމާއި މައުލޫމާތު ސާފުކުރެއްވުން ކުރިޔަށް ގެންދަވޭނެކަމަށް ހޮސްޕިޓަލްއިން މައުލޫމާތު ދެއްވައެވެ.

މީއި މިކޭމްޕް ވިދިވިދިގެން ބާއްވަމުން އަންނަ 3 ވަނަ އަހަރު ކަމަށާއި އުނގޫފާރުގެ އިތުރުން ރ އަތޮޅުގެ އެހެން ރަށް ރަށުންވެސް މިކޭމްޕަށް ވަރަށް ހޫނު ތަރުހީބެއް ލިބޭކަމަށް  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއިން މައުލޫމާތު ދެއްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close