ޙަބަރުރ.އަތޮޅުސިއްޙަތު

ކެންސަރަށް ހޭލުންތެރިކުރުވުމުގެ “ޕިންކް ރިބަން ރަން – ވޯކް” އުނގޫފާރުގައި ބާއްވައިފި

ޕިންކް ރިބަން ރަން - ވޯކް

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދިޔަ “ޕިންކް ރިބަން ރަން- ވޯކް” އުނގޫފާރުގައިވެސް ބާއްވައިފިއެވެ. މިހަރަކާތް އުނގޫފާރުގައި ފެށިގެން ކުރިއަށްގެންދިޔައީ އުނގޫފާރު ސްޓޭޖް ސަރަހައްދުންނެވެ.

މިހަރަކާތުގައި އުނގޫފާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި އާއްމުންގެ އިތުރުން ޖޯލި ރިސޯޓުގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. މިހަރަކާތް ކުރިއަށްދިޔައިރު ހިނގާލުމުގެ ބައިވެރިންނަށް އުރަމަތީގެ ކެންސަރުން ޖެހެން ދިމާވާ މައިގަނޑު ސަބަބުތަކާއި މިކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅު ތަކާއި ގުޅޭ މައުލޫމާތު ދެމުން ގޮސްފައިވެއެވެ.

މިހަރަކާތް ނިންމާލީ އުނގޫފާރު ބަނދަރު ސަރަހައްދުންނެވެ. ހަރަކާތް ނިންމާލުމުގެ ގޮތުން ބައިވެރިން އަދި މުވައްސަސާތައް އެކުގައިޔާއި އަދި ވަކިވަކިން ފޮޓޯނެގުން ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި ބައިވެރިވި ކޮންމެ ފަރާތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިއުމެއްވަނީ ދީފައެވެ.

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ކުރިއަށްގެންދިޔަ “ޕިންކް ރިބަން ރަން- ވޯކް” އުނގޫފާރުގެ އިވެންޓް އުނގޫފާރު ޑޮޓްކޮމް އިން ވާނީ އުނގޫފާރު ޑޮޓްކޮމް ގެ ފޭސްބްކް ޕޭޖުން ލައިވް ކޮށްދީފައެވެ.

This slideshow requires JavaScript.

ކ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close