ޙަބަރުދީން

5 ފަރާތަކަށް އިމާމުކޯސް ފުރިހަމަކުރުމަށް އުނގޫފާރު ކައުންސިލުން އެހީދެނީ

އުނގޫފާރު ކައުންސިލް

އިމާމު ކޯސް ފުރިހަމަކުރުމަށް 5 ދަރިވަރަކަށް އެހީދިނުމަށް އުނގޫފާރު ކައުންސިލުން ނިންމާއި މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތިރީގައި މިވަނީ މިކަމަށް ފުރުސަތު ހުޅުވާލާފައިވާ ކަން އެންގުމުގެ ގޮތުން ކޮށްފައިވާ އިއުލާނެވެ.

 

ކައުންސިލްގެ ފަރާތުން އިމާމް / މުދިމުން ތަމްރީން ކުރުމާއި ގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު ، ދިވެހިރާއްޖެ

 ނަމްބަރ:IUL)303-AS/303/2018/49)

އިޢުލާން

ކައުންސިލްގެ ފަރާތުން އިމާމް / މުދިމުން ތަމްރީން ކުރުމާއި ގުޅޭ

އުނގޫފާރުގައި އިމާމް / މުދިމުން ތަމްރީނުކުރުމަށްޓަކައި އުނގޫފާރުގައި ހިންގާ ކޯސްތަކުގައި (އިމާމް / މުދިމުން ތަމްރީންކުރާ ކޯސްތަކުގައި) ބައިވެރިވާ ކުދިންގެ ތެރެއިން 05 ކުއްޖެއްގެ ކޯސްފީގެ %50 ކައުންސިލުން ދައްކާ ދިނުމަށް ކައުންސިލްގެ 57 ވަނަ ބައްދަލުވުމުގެ ނަމްބަރ CN-303/2018/794 (04 އޮކްޓޯބަރ) ނިންމުމުން ނިންމުމާއި ގުޅިގެން އުނގޫފާރުގައި ހިންގާ އެފަދަ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް %50 ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިފުރުޞަތުގައި 05 ކުދިންނަށްވުރެ އިތުރަށް އިމާމް / މުދިމުން ތަމްރީންކުރާ ކޯހަށް ކުރިމަތިލައިފިނަމަ، ކައުންސިލުންދޭ ޓެސްޓުން އެންމެ ރަގަޅު މާރކްސް ހޯދާ 5 ކުދިންނަށް ފުރުޞަތު ދިނުމަށް ކައުންސިލުންވަނީނިންމާފައެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން ކޯހަށް ހޮވުނުކަން އެނގޭނެ ރަސްމީ ލިޔުންތަކާއިއެކު ސިޓީ މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

21  ޞަފަރު   1440

30  އޮކްޓޯބަރ  2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close