ޙަބަރުވިޔަފާރި

ތެލުގެ ވިޔަފާރިއަށް ބަނދަރުން ވަގުތީ 3 ބިމެއް ދޫކުރަނީ

އުނގޫފާރު ކައުންސިލް

ތެލުގެ ވިޔަފާރިއަށް ބަނދަރުން ބިން ދޫކުރުމަށް އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ. މިމަސައްކަތަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ ސިމެންތި ގުދަނުގެ އުތުރުން 3 ބިމެވެ.

މިކަމަށް ފުރުސަތު ހުޅުވާލުމަށް އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

 

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ

ނަމްބަރ: IUL)303-AS/303/2018/50)

 އިޢުލާން

ސިމެންތި ގުދަނާއި ފްލެޓް އިމާރާތާއި ދޭތެރެއިން ދޫކުރެވޭ ވަގުތީ 1650 އަކަފޫޓްގެ 3 ކުލީބިމާއި ގުޅޭ

އުނގޫފާރު ރައްޔިތުންގެ ސިމެންތި ގުދަނާއި ފްލެޓާއި ދޭތެރެއިން 1650 އަކަފޫޓްގެ 3 ކުލީބިން ތެލުގެ މަސައްކަތައް ދޫކުރުމަށް ބޭނުންވެއްޖެއެވެ. ތެލުގެ މަސައްކަތް ކުރުމަށް އެދި ކުރިމަތިލެވޭނީ 1 ބިމަށެވެ. ތެލުގެ މަސައްކަތައް ކުލީބިން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 12:30 ގައި ކައުންސިލް އިދާރާގައެވެ. އެސްޓިމޭޓް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރ 2018ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި ކައުންސިލް އިދާރާގައެވެ.

ތެލުގެ މަސައްކަތަށް ވަގުތީ ކުލީބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި ” އުނގޫފާރު ކައުންސިލުން ތެލުގެ މަސައްކަތަށް ދޫކުރާ ވަގުތީ ކުލީބިމަށް އެދި ” މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ނައިބް ރައީސް މުޙަންމަދު އަފްލާޙްގެ ނަމްބަރ 9553552 ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ތެލުގެ މަސައްކަތައް ދޫކުރެވޭ ވަގުތީ ކުލީބިމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

 

ތެލުގެ ވިޔަފާރި ކުރަމުންދާ ފަރާތެއް ކަމުގައިވާނަމަ: % 40
ތެލުގެ މަސައްކަތަށް ދޫކުރެވޭ ބިމުގައި އިމާރާތްނިންމާ ޚިދުމަތްދޭނެ މުއްދަތައް: % 60

 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 ސަފަރު     1440

04 ނޮވެމްބަރ  2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close