ޙަބަރުރ.އަތޮޅު

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

އުނގޫފާރު ޕޮލިސް

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ.

ޕޮލިސް ވެބްސައިޓް ޕޮލިސް ލައިފްގައި ބުނެފައިވާ ގޮތުން މިތަކެތި ނައްތާލާފައިވަނީ މިއަދު އުނގޫފާރު ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ. މިއަދު ނައްތާލާފައިވަނީ، 41 ފުޅި ބަނގުރަލާއި 29 ބިޔަރު ދަޅެވެ. މިތަކެެއްޗަކީ 2018 ޖޫން 22ން އޮކްޓޫބަރ 21 އާއި ހަމައަށް، ރ. އިފުރުގައި ޤާއިމްކޮށްފައިވާ އިފުރު ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ޕޮލިސް ލައިފް ގައި ގެނެސްދީފައިވާ ހަބަރުގައި ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close