ޙަބަރުރ.އަތޮޅުވިޔަފާރި

ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އުނގޫފާރު “ކަވާއީ ހޯމް” ފިހާރަ ވިއްކާލައިފި

ކަވާއީހޯމް

މިސަރަހައްދުގެ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އުނގޫފާރު “ކަވާއީ ހޯމް” ފިހާރަ ވިއްކާލައިފިއެވެ. އަންނައުނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި އުނގޫފާރުގައި ކުރަމުންއައި ފިހާރަ ވިއްކާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އުފާ ނިއުސް އަށް މައުލޫމާތު ދެމުން ކަވާއީގެ ފަރާތުން މުހައްމަދު ރަމީޒު ވިދާޅުވީ އެފަރާތުން އުނގޫފާރުގައި ހިންގަމުންއައި “ކަވާއީ ހޯމް” ފިހާރަ ވިއްކާލީ އެފަރާތުން މާލޭގައި ކުރަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ކަމަށެވެ. އަދި މިވަގުތަށް އުނގޫފާރުގައި ކުރަމުންއައި ފިހާރަ ވިއްކާލައި ވިޔަފާރި ހުއްޓާލިކަމުގައި ވިއަސް ކުރިއަށް އޮތްތަނުގައި އުނގޫފާރުގައި މިވިޔަފާރި ފަށާނެ ކަމަށެވެ.

ކަވާއީހޯމް ފިހާރަ ގަނެފައިވަނީ އުނގޫފާރުގެ ކުރިއަރަމުން އަންނަ ޒުވާން ވިޔަފާރިވެރިޔާ ހަސަން ސައީދުގެ  “ހެޕީ ފޭސް އިންވެސްޓްމަންޓް”  އިންނެވެ. ކަވާއީ ހޯމް ވިއްކާލުމުގެ އެއްބަސްވުމާއި ބެހޭގޮތުން އަދި އަގާއި ބެހޭގޮތުން ދެފަރާތުން މައުލޫމާތު ހިއްސާކޮށްފައި ނުވާތީ ފިހާރަ ވިއްކާލި އަގު ވަނީ އެނގޭގޮތް ނުވެފައެވެ. އިއްޔެއިން ފެށިގެން އާމެނެޖުމަންޓް ވަނީ ފިހާރަ އާއި ހަވާލުވެ ފިހާރަ ހިންގަން ފަށާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

Leave a Reply

Be the First to Comment!


 
Close