ޙަބަރުވިޔަފާރިޓެކުނޮލޮޖީ

ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް އުނގޫފާރަށް ތައާރަފް ކޮށްފި!

ދިރާގް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން ދިރާގު ހައިސްޕީޑް ފައިބަރ ޓު ދަ ހޯމްގެ ޚިދުމަތް ރ.އުނގޫފާރުގައި މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ދިރާގުން ފައިބާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަަނަ އަހަރުން ފެށިގެން ފައިބަރ ޓު ދަ ހޯމްގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 43 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީ ނިމިފައެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވެންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ. މިހާރު ރ.އުނގޫފާރުގެ ގޭބީސީތަކާއި ވިޔަފާރިތަކަށް މި ޚިދުމަތް ފުރިހަމައަށް ލިބެމުން ދާނެއެވެ.

ދިރާގުން ވަނީ މިހިނގާ ނޮވެންބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަންގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަަނަކަށް  މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25% އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް އުނގޫފާރުގައި އިފްތިތާހު ކުރުން

އުނގޫފާރު.ކޮމް އަށް މައުލާމާތު ދެމުން ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލާނީ ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނެ އެންމެ ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށެވެ. ދިރާގުން ބުނި ގޮތުގައި އިންފެމޭޝަން ޓެކްނޮލޮޖީއާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން  ކަސްޓަަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

Leave a Reply

Be the First to Comment!


 
Close