ޙަބަރުރ.އަތޮޅުކުޅިވަރު

ސްޕޯރޓްސް ކައުންސިލަރގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި “ސްޕޯޓްސް ކައުންސިލަރ” ގެ މަޤާމަށް މީހުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުޤުވެރިވާ އުނގޫފާރުގެ ޒުވާނުންނަށް ސްޕޯރޓްސް ކައުންސިލަރ ގެ މަޤާމަކީ ލިބިގެންދާނެ ރަގަނޅު ފުރުސަތެކެވެ.

ސްޕޯރޓްސް ކައުންސިލަރ ގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތަށް އެދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިން ކޮށްފައިވާ އިއުލާން ތިރީގައި މިވަނީއެވެ.

 

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާއިބެހޭ

 

އިޢުލާން

 

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރައީސްކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި “ސްޕޯޓްސް ކައުންސިލަރ” ގެ ނަމުގައި މަޤާމެއް އުފެއްދުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމަށް ތަމްރީން ކުރުމަށް ހިންގާ “ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ”

ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

·         ކޯހުގެ ނަން: ·         ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރ
·         މުއްދަތު: ·         3 ހަފްތާ / (50 ގަޑިއިރު)
·         ކޯސް ފެށޭ ތާރީޚް: ·         16 ޑިސެމްބަރ 2018
·         ކޯހުގެ ފީ: ·         ހިލޭ
·         އެލަވަންސް: ·         ކޯހުގެ ކޮންމެ ބައިވެރިއަކަށް އެލަވަންސްއެއް ދިނުމަށްވަނީ ހަމަޖެހިފައި
·         ކޯސް ހިންގާނެ ތަން: ·         މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ) / މާލެ
·         ޖާގަ: ·         198 (މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 1)
·         ކޯހުގެ ޝަރުތު ·         ހ. ޢުމުރުން 16 އަހަރު ވެފައިވުމާއިއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 6)، ފުރިހަމަކޮށްފައިވުން އަދި ބޭސިކް އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުން
·         ފޯމް ލިބެން ހުންނާނެތަން: ·         ރަށު ކައުންސިލް އިދާރާ ނުވަތަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް
·         ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: ·         04      ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
·         ޝޯޓްލިސްޓް ކުރުމުގައި ބަލާނެ މިންގަނޑު
  • އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކޯހަށްއެދި ހުށަހަޅާފައި ވާނަމަ ޝޯޓްލިސްޓް ކުރުމުގައި އިސްކަންދޭ މިންގަނޑު ތިރީގައި އެވަނީއެވެ.

·         ހ. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން “ޑީ” ގްރޭޑް ލިބިފައިވުމާއި “ސެކެންޑަރީ ސްކޫލް” ނުވަތަ “ހަޔަރ ސެކްނޑަރީ ސްކޫލް” ސެޓްފިކެޓް އިމްތިޙާނުގައި “ދިވެހި” މި މާއްދާއިން ދަށްގެން “ސީ” ގްރޭޑް ގްރޭޑް ލިބިފައިވުން   ނުވަތަ

·         ށ. ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވެފައިވާ ފަރާތަކަށްވުން

 

  • ނޯޓް: އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަންބަރު 3326986 އަދި 3326985 އަށް ގުޅުއްވުން އެދެން.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ސްޕޯރޓްސް ކައުންސިލަރގެ ފުރުސަތު ހުޅުވާލައިފި"


Guest
ޒަޔާން
18 days 6 hours ago

ސާބަހޭ އިބޫ! ތި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމުގެ ހެޔޮތައުފީޤް ދެއްވާށި! އާމީން!

 
Close