ޙަބަރުރ.އަތޮޅު

މާކުރަތަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ރ. މާކުރަތު

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ލައިފް ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެމީހާ ހައްޔަރުކުރީ މާލެއިން ފުރައިގެން ރ. މާކުރަތަށް ދަތުރު ކުރަމުންދިޔަ ބޯއްޓަކުން މާކުރަތަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ނޮވެމްބަރ 24 ވަނަ ދުވަހުގެ 11:08 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހެކެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، މާކުރަތު ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ކޮތަޅެއް ފެނިފައިވާކަމަށް އެ ވެބްސައިޓްގައި ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ޕޮލިސް ލައިފް ގައި ބުނެފައިވާގޮތުން މި މައްސަލަ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ފުލުހުން ހިންގި މިފަދަ އޮފަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ރ. ރަސްގެތީމުންވެސް ވަނީ މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

Leave a Reply

2 Comments on "މާކުރަތަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި"


Guest
Gaasim
17 days 6 hours ago

Fulhun gendhiyaee masthuvaathakethi etherekuri myhaaehnoon. Ethere kurimyhun thiby dhuruga balan. Kuverivy kushenei myhaa

Guest
roanu edhuru
15 days 2 hours ago

eyna geyga ohvatha hahyaru kury

 
Close