ރ.އަތޮޅުކުޅިވަރު

މީދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް ތަންގަނޑު އެފްސީ ކާމިޔާބުކޮށްފި

ރ.މީދޫ ކައުންސިލުން  އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް މުބާރާތް، ބެސްޓް ބަޑީ ކައުންސިލް ފުޓްސަލް ފީސްޓާ ކާމިޔާބުކޮށް މުބާރާތުގެ ތަށި ތަންގަނޑު އެފްސީ އުފުލާލައިފިއެވެ. ތަންގަނޑު އެފްސީ މި މުބާރާތް ކާމިޔާބުކުރީ ގާގަނޑު އެފްސީއާ ވާދަކޮށް 4-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.

މި މިމަހުގެ 16 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 7 ޓީމުން ވާދަކުރިއެވެ. މުބާރާތުގެ ފައިނަލް މެޗު އޮތީ ހޮނިހިރުަ ދުވަހުގެ ރޭ 10:00 ގައި މީދޫ ފުޓްސަލް ދަނޑުގައެވެ.

މި މެޗުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށް ތަންގަނޑު އެފްސީއަށް ލީޑު ނަގައި ދިނީ އަހުމަދު އާސިފް (އޮއިއްޓޭ) އެވެ. އެއަށްފަހު އާތިފް ޒާހިރު އަދި މާލިކް އަބްދުލް ގަފޫރު އެޓީމުގެ ލިޑު ފުލާކޮށްދިނެވެ. އެ ޓީމުގެ 4 ވަނަ ލަނޑު ވެސް ކާމިޔާބުކުރީ އަހުމަދު އާސިފް (އޮއިއްޓޭ) އެވެ.

މި  މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާށް ހޮވުނީ ތަންގަޑު އެފްސީގެ ޖޯޒީ ނަންބަރު 19 ރިސްވާން އަހުމަދެވެ.

ތަންގަނޑު އެފްސީ މި މުބާރާތް ކާމިޔާބު ކުރި އިރު މިއީ އެޓީމުން ޖެހިޖެހިގެން  ކާމިޔާބު ކުރި މިފަދަަ 2 ވަނަ މުބާރާތެވެ. އެ ޓީމުން ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި މީދޫގައި ކުރިއަށް ދިޔަ  އެމްއީސީ ފުޓްސަލް ފީސްޓާގެ ވެސް ޗެންޕިއަންކަން ހޯދާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close