ޙަބަރު

އުނގޫފާރުގެ ހުސްބިންތަކުގައި ހިޔާދޭ ގަސް އިންދަނީ

އުނގޫފާރު ކައުންސިލް

އުނގޫފާރުގެ ހުސްބންތަކުގައި ހިޔާދޭ ބޮޑެތި ގަސް އިންދަން ފަށައިފިއެވެ. މިގޮތުން އުނގޫފާރު ބަނދަރުގެ ދެކުނު ޖެޓީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިކަގަހެއް އިންދާފައެވެ.  އަދި ރ އަތޮޅު ކައުންސިލް އިދާރާގެ ހުޅަނގު ފާރާތުން އޮތް ހުސްބިމުގައި އިއްޔެވަނީ ކުދިނިކަ ގަހެއް އިންދާފާއެވެ.

ބަނދަރުގައި އިންދި ގަސް އިންދާފައިވަނީ ޕަބްލިކްވާކްސް އުނގޫފާރު ސައިޓްގެ އެހީތެރިކަމާއެކުގައެވެ. އަނެއްގަސް އިންދާފައިވަނީ ކައުންސިލުގެ މުވައްޒަފުންނެވެ.

ގަސްއިންދުމުގައި އިސްކޮން އުޅުއްވާ އުނގޫފާރު ކައުންސިލުގެ ނައިބް ރައީސް އަލްފާޟިލް މުހައްމަދު އަފްލާހު އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ ހުސްބިން ތަކުގައި އިންދަން ރަނގަޅު ގަސް ލިބެމުންދާވަރަކުން ގަސްއިންދުން ކުރިއަށް ގެންދާނެކަމަށެވެ.

އަތޮޅު ކައުންސިލުގެ ހުޅަނގުން އޮތް ހުސްބިމުގައި ގަސް އިންދާފައި

އުނގޫފާރު މަގުހެދުމުގެ ޕްރޮޖެކްޓްގެ ދަށުން މަގުހެދުމަށް މިހާރުވެސް ގިނައަދަދެއްގެ ރުއްވަނީ ނަގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ބަނދަރު މަގުގެ ޕޭވްމަންޓްގެ މަސައްކަތް ކުރިއަށް ގެންދެވެން އަންނަނީ އެސަރަހައްދުގައި ހުރި ގިނަ ގަސްރުއް ނެގުމަށްފަހުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "އުނގޫފާރުގެ ހުސްބިންތަކުގައި ހިޔާދޭ ގަސް އިންދަނީ"


Guest
ބަދަތްވެއް
16 days 6 hours ago

މިސަރުކާރުން ރުއްގަސް ނުނަގާނެކަން ކަށަވަރު ކޮބާ އެއްކަލަ އަބޫ

 
Close