ޙަބަރުރ.އަތޮޅު

އިތުރުކުރި ބަޖެޓްގައި ރ އަތޮޅުގެ 7 ރަށެއްގައި 8 ޕްރޮޖެކްޓެއް ހިމަނައިފި

ރ އަތޮޅު

2019 ވަނަ އަހަރަށް އެކުލަވާލި ބަޖެޓަށް ބަޖެޓް ކޮމެޓީގައި ބަހުސްކުރުމަށްފަހު ކޮމެޓީން ފާސްކުރި ބަޖެޓުގައި ރ އަތޮޅުގެ 7 ރަށެއްގައި އިތުރު 8 ޕްރޮޖެކްޓް ހިމަނައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ބަޖެޓަށް އިތުރުކުރި 8 ޕްރޮޖެކްޓް ހިމަނާފައިވަނީ އަލިފުށި، ވާދޫ، ރަސްގެތީމް، ހުޅުދުއްފާރު، އުނގޫފާރު، މީދު އަދި މަޑުއްވަރީއެވެ.

 

# ރަށް ޕްރޮޖެކްޓް
1 އަލިފުށި މަލްޓި ޕާޕަސް ހޯލް އިމާރާތް
2 އަލިފުށި މަގުހެދުން
3 ވާދޫ މިސްކިތް އިމާރާތް
4 ރަސްގެތީމު ޖެޓީ
5 ހުޅުދުއްފަހަރު މަލްޓި ޕާޕަސް ހޯލް އިމާރާތް
6 އުނގޫފާރު މަލްޓި ޕާޕަސް ހޯލް އިމާރާތް
7 މީދޫ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
8 މަޑުއްވަރީ މަލްޓި ޕާޕަސް ހޯލް އިމާރާތް

އާ ސަރުކާރުން 2019 ވަނަ އަހަރަށް އެކުލަވާލައި ފިނެންސްއިން މަޖިލީހަށް ހުށައެޅި ބަޖެޓުގައި ރ އަތޮޅުގެ ރަށްރަށުގައި އަލަށް ފަށާ ޕްރޮޖެކްޓް ތަކެއްގެ ގޮތުގައި މީދޫ، މާކުރަތު، ވާދޫ އަދި އަލިފުށީގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ދުވާފަރު އަދި އަލިފުށީގެ ބިން ހިއްކުމާއި ބައެއްރަށްރަށުގެ މަގުހެދުމާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ތައް ހިމަނާފައިވެއެވެ.

ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރީގެ ސަރުކާރުން ފަށާނުނިމިހުރި އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ވައުދެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "އިތުރުކުރި ބަޖެޓްގައި ރ އަތޮޅުގެ 7 ރަށެއްގައި 8 ޕްރޮޖެކްޓެއް ހިމަނައިފި"


Guest
shainee
15 days 8 hours ago

where is road project

 
Close