ޙަބަރުރ.އަތޮޅު

މޫސުން ގޯސްވެ ރ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރ އަތޮޅު

ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަދިވެސް މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ ރ އަތޮޅާއެކު  14 އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ވަނީ ށ އަތޮޅުން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެއީ މިއަދު ފަތިހު 05:30 އިން މެންދުރު ފަހު 11:30 ގެ ނިޔަލަށެވެ.  އެއިދާރާއިން ބުނި ގޮތުގައި ށ އަތޮޅުން ފެށިގެން ލ އަތޮޅު ހިމެނޭ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަަށް އިރުއުތުރާއި އިރުން ، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން  ރއަތޮޅޫގެ އުތުރުފެރީ ވެސް މިއަދު ވަނީ ކެންސަލުވެފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close