ޙަބަރުކުޅިވަރު

މިއަދު ކުރި ވިއްސާރާގައި ފުޓުސަލް ދަނޑުގެ ބެންޗް ތަކަށް ގެއްލުން ވެއްޖެ

އުނގޫފާރު ޔޫތު ސެންޓަރ

މިހާރު ކުރަމުންދާ ވިއްސާރާގައި އުނގޫފާރު ފުޓުސަލް ދަނޑުގެ ބެންޗް ތަކަށް ގެއްލުން ވެއްޖެއެވެ. އުނގޫފާރު ޒުވާނުންގެ މަރުކަޒުގައި ގާއިމްކޮށްފައިވާ ފުޓުސަލް ދަނޑުގެ ބެންޗްތަކަށް ގެއްލުންވެފައިވަނީ މިއަދު ހެނދުނުގެ ވަގުތުގައި އައި ވިލާގަނޑުގެ ވައިގައެވެ.

ވައިގަދަވުމުގެ ސަބަބުން ބެންޗުތައް ވަނީ ފަހަތަށްވެއްޓި ފައެވެ. ބައެއްބެންޗް ވެއްޓި ފެންސްގައި ޖެހިފައިވާއިރު އެއްބެންޗް ވެއްޓި ޖެހިފައިވަނީ ލައިޓް ޕޯސްޓެއްގައެވެ. ބޮޑަށް ގެއްލުން ވެފައިވަނީ ލައިޓް ޕޯސްޓްގައި ޖެހުނު ބެންޗަށެވެ. މިބެންޗްގެ މެދުން ވަނީ ވަރަށްބޮޑަށް ބަނޑިވެފައެވެ. ބަނޑި ވުމުގެ އިތުރުން އެކިވަރުގެ ގެއްލުން ބެންޗްތަކަށް ވެފައިވާ ކަމަށްމައުލޫމާތު ލިބެއެވެ.

ބެންޗު ވެއްޓިފައި / ފޮޓޯ ހަސަން ފަޒީލް

ކުރަމުންދާ ވިއްސާރާގައި މިއަދު ހެނދުނު ވަނީ އުނގޫފާރު ދޯދިގޭގެ ބަދިގެ ދުންހޮޅި ފުރާޅު އެއްލާލާފައެވެ. އަދި ފުރާޅުގެ ބައިތަކުން ޖެހި އެގޭ ކޮޓަރިއެއްގެ ކުޑަދޮރުގެ ބިއްލޫރި ތައް ތަޅައިގެންގޮސް އެކޮޓަރީގެ އޭސީގެ އައުޓްޑޯ ޔުނިޓްވެސް ވަނީ ހަލާކުވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close