ޙަބަރުރ.އަތޮޅު

ބަނދަރުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއްހޯދުމަށް ކާނު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

އުނގޫފާރު ކައުންސިލް

ވިއްސާރަވެހި އުނގޫފާރު ބަނދަރުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއްހޯދުމުގެ ގޮތުން ބަނދަރުގައި ކާނު ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިމަސައްކަތް ކުރަމުންދަނީ ޕަބްލިކްވޯކްސް އުނގޫފާރު ސައިޓްގެ މުވައްޒަފުންނެވެ.

ވިއްސާރަވެހިއްޖެނަމަ އުނގޫފާރު ބަނދަރުގައި ފެންބޮޑުވެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތިވެއެވެ. ހާއްސަކޮށް އުނގޫފާރަށް ތަފާތު އެކި ބޭނުން ތަކުގައި ޒިޔާރާތްކުރާ ފަރާތްތަކަށް މިކަމުގައި ދަނީ ވަރަށްބޮޑެތި ދަތި އުނދަގޫ ތަކާއި ކުރިމަތި ވަމުންނެވެ.

ވިއްސާރަވެހި ބަނދަރުގައި ފެންބޮޑުވެފައި

ފެންބޮޑުވާ މައްސަލަހައަށް ހައްލެއްހޯދުމަށް ފެށި މިމަސައްކަތާއި ބެހޭގޮތުން އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މުހައްމަދު އަފްލާހު ވިދާޅުވީ މިހާރު ކުރަމުންދާ މިމަސައްކަތް ނިމޭއިރު ޖެޓީގެ 3 ދިމާލަކުން ފެން މޫދަށް ބޭރުވާގޮތަށް ކާނު ބެހެއްޓޭނެކަމަށެވެ. ބަރާބަރަށް މަސައްކަތް ގޮސްފިއްޔާ މިމައްކަތް މިއަދު ނިންމާލެވޭނެކަމަށެވެ. މިކަން ނިމުމުން މިމައްސަލައަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރާކަމަށެވެ.

ބަނދަރުގައި ކާނު މިބަހައްޓަނީ ބަނދަރުގެ އެއްގަމުތޮށި ހެދިއިރު ފެންބޭރުކުރުމަށް ހޮޅި އަޅާފައިހުރި ދިމާލުގައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close