ޙަބަރު

އުނގޫފާރު ކައުންސިލުން މާލީވަޒީރާއި ބައްދަލުކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރުފަހު އެމިނިސްޓްރީގައެވެ. މިބައްދަލުވުމުގައި އުނގޫފާރު ކައުންސިލުން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ، އެމިނިސްޓްރީ އާއި ގުޅުންހުރި މައްސަލަތައް ހުށައަޅާފައެވެ.

މިބައްދަލުވުމާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ މެމްބަރު އަލްފާޟިލް ހުސައިން އާސިފް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ އުނގޫފާރު ރައްޔިތުންނަށް ލިބެންޖެހޭ ސަބްސިޑީޒް ފައިސާ އާއި ބެހޭގޮތުންކަމަށެވެ.  މިފައިސާ އާއބެހޭގޮތުން މިނިސްޓްރީގެ ޓެކްނިކަލްޓީމުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ގެންދާނެކަމަށް ޖަވާބު ދެއްވިކަމަށެވެ. އަދި މިހާތަނަށް މިފައިސާއިން ކޮންމެވެސް ވަރެއް ދޫކޮށްފައިވާތީ މިފައިސާ އަކީ ދޭންޖެހޭ ފައިސާއެއްކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވިކަމަށެވެ.

5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކައުންސިލްގެ މެންބަރު ހުސައިން އާސިފް މާލެ ވަޑައިގެންނެވި  މިދަތުރުފުޅުގެ ބޭނުމަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި އުނގޫފާރުގައި ސަރުކާރުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮަތުން ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ ތަކާއި ބައްދަލުކޮށް ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހައްލެއްހޯދޭތޯ މަސައްކަތްކުރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close