ޙަބަރުކުޅިވަރު

އުނގޫފާރު ކައުންސިލުން ޒުވާނުންގެ ވަޒީރާއި ބައްދަލުކޮށްފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން އަންގާރަ ދުވަހުގެރޭ މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފް އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ އަންގާރަ ދުވަހުގެރޭ އެމިނިސްޓްރީގައެވެ.

މިބައްދަލުވުމާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ މެމްބަރު އަލްފާޟިލް ހުސައިން އާސިފް ވިދާޅުވީ މިބައްދަލުވުމުގައި އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ މިހާރުގެ ހާލަތު ހިއްސާކުރެވުނުކަމަށެވެ.  އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ އިންޑޯހޯލުގެ ލައިޓިން ރަގަނޅު ކުރުމާއި މަރުކަޒުގެ ސަރަހައްދު ފާރު ރޭނުމާއި އަދި ބެޑްމިންޓަންކޯޓުގައި މެޓް އެޅުމާއި ބެހޭގޮތުން މަޝްވަރާ ކުރެވި އެކަންކަން ފުރިހަމަ ކޮށްދެއްވުމަށް ކައުންސިލުން މިނިސްޓަރު އަރިހު އެދިލެއްވި ކަމަށެވެ. އަދި އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ ހާލަތު ބައްލަވާލެއްވުމަށް އުނގޫފާރަށް ޒިޔާރަތް ކުރުމަށް މިނިސްޓަރަށް ދައުވަތު އެރުވިފައިވާކަމަށެވެ.

5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކައުންސިލްގެ މެންބަރު ހުސައިން އާސިފް މާލެ ވަޑައިގެންނެވި  މިދަތުރުފުޅުގެ ބޭނުމަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި އުނގޫފާރުގައި ސަރުކާރުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮަތުން ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ ތަކާއި ބައްދަލުކޮށް ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހައްލެއްހޯދޭތޯ މަސައްކަތްކުރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close