ޙަބަރުދުނިޔޭގެ ކުޅިވަރު

އަލަށް ކޮލިފައިވި ވުލްވްސް އަތުން ޗެލްސީ ބަލިވެއްޖެ

އިންގްލިޝް ޕްރިމިއަރ ލީގް

އިނގިރޭސި ޕްރިމިއަ ލީގަށް މިސީޒަނަށް އަލަށް ކޮލިފައިވި ވޯލްސް އަތުން ޗެލްސީ ބަލިވެއްޖެ.

ވުލްވްސް ދަނޑުގައި ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ އިންގްލެންޑްގެ މިޑްފީލްޑަރު ރުބެން ލޮފްޓަސް-ޗީކް އެވެ. ދެ ވަނަ ހާފްގެ ހަތަރު މިނިޓް ތެރޭ ވުލްވްސް އިން ނަތީޖާ އަނބުރާލިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ރައުލް ހިމެނޭޒް އާއި ޑިއޯގޯ ޔޮޓާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލަށް ވަނީ ފަސޭހަ މޮޅަކާއި އެކު ބަލިނުވެ 15 މެޗު ހަމަ ކޮއްފައިއެވެ. ބާންލީ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުން ލީޑުނެގީ ޖެކް ކޯކްގެ ގޯލުންނެވެ. ލިވަޕޫލުން ފަހަތުން އަރައި މޮޅުވިއިރު އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ، ރޮބާޓޯ ފިރްމީނޯ އަދި ޒެރްޑަން ޝަގީރީ އެވެ. މި މެޗުގައި ފިރްމީނޯ އާއި މުހައްމަދު ސަލާހު ކުޅެން އެރީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

ހަފްތާ މެދުގައި ކުޅެވުން އެންމެ ވަރުދަގަ މެޗުގައި އާސެނަލް އާއި ޔުނައިޓެޑް ނިމުނީ 2-2 ނަތީޖާއަކުންނެވެ. މިމެޗުން ޔުނައިޓެޑަށް 2 ގެއްލި ގަދަ ހަތަރަކާއި އޮތް ފަރަގު ވަނީ 9 ޕޮއިންޓަށް ޖެހިލާފައެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 15 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 15 މެޗުން 39 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ ރޭ ސައުތެމްޓަން އަތުން 3-1 އިން މޮޅުވި ޓޮޓެންހަމްއެވެ. ޗެލްސީ އަށް 15 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. ރޭ މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވި އާސެނަލަށް ވެސް ވަނީ 15 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close