ޙަބަރުވިޔަފާރި

އުނގޫފާރު ކައުންސިލުން ޓޫރިޒަމް މިނިސްޓަރާއި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން ބުދަ ދުވަހުގެރޭ މިނިސްޓަ އޮފް ޓޫރިޒަމް އަލްފާޟިލް އަލީ ވަހީދު އާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ ބުދަ ދުވަހުގެރޭ އެމިނިސްޓްރީގައެވެ.

މިބައްދަލުވުމާއި ބެހޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ މެމްބަރު އަލްފާޟިލް ހުސައިން އާސިފް ވިދާޅުވީ މިބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ގޮސްފައިވަނީ ޓޫރިޒަމްގެ މަސައްކަތަށް ޓޫރިޒަމްގެ ބޭނުމަށް އުނގޫފާރުން ކަނޑައަޅާފައިވާ ބިމުގެ ކަންކަމާއި ބެހޭގޮތުން ކަމަށެވެ. އުނގޫފާރު ކައުންސިލުން ވާނީ މިބިމާއިގުޅޭ ގޮތުން ކައުންސިލުގެ ކަންބޮޑުވުން މިނިސްޓަރާއި ހިއްސާ ކޮށްފައިކަމަށެވެ.

5 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ އާއި ކައުންސިލްގެ މެންބަރު ހުސައިން އާސިފް މާލެ ވަޑައިގެންނެވި  މިދަތުރުފުޅުގެ ބޭނުމަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ހިދުމަތްތަކާއި އުނގޫފާރުގައި ސަރުކާރުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭގޮަތުން ސަރުކާރުގެ ކަމާއިބެހޭ ވުޒާރާ ތަކާއި ބައްދަލުކޮށް ކައުންސިލުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހައްލެއްހޯދޭތޯ މަސައްކަތްކުރުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close