ޙަބަރުދީން

ދިވެހީން އިސްލާމް ދީން ޤަބޫލުކުރިތާ 892 އަހަރު

މިއަދަކީ ދިވެހީން ބުދު ދީން ދޫކޮށް އިސްލާމް ދީނުގެ ހިދާޔަތު ޤަބޫލުކުރި ކުރުމަށް އިތުރު އަހަރެއް ފުރުނު ދުވަހެވެ.

ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު މީލާދީން 1153 ވަނަ އަހަރުއެވެ.

ދިވެހިރާއްޖެ އިސްލާމްވީ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ފަރީދުގެ ރަސްކަމުގައި 14 އަހަރު އެ ދުވަސް ފާހަގަ ކުރުމަށް ފަހު އެކަން ހުއްޓުނެވެ. އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަސް ވަނަ އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު އެވެ.

މިދިވެހިރާއްޖެއަށް ލޮބުވެތި ދިވެހީންނަށް މިމާތްދީނުގެ ހިދާޔަތު ލިބުމުގެ މެދުވެރިޔަކަށްވީ މައުރިބްކަރައިގެ މައްޝޫރު ސައްޔާހު އަބްލްބަރަކާތުލް ޔޫސުފް އަލް ބަރުބަރީއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ މިއަދަށް މީލާދީ ގޮތުން 865 ފުރޭނެ އެވެ. އަދި ހިޖްރީ ގޮތުން 892 އަހަރު ފުރުނީ އެވެ.

މާތްﷲ އަޅަމެން ދިވެހީން މިމާތްދީނުގައި ސާބިތުވެ ތިބުމުގެ ހެޔޮތައުފީޤް މިންވަރު ކޮށްދެއްވާށި! އާމީން!

 

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close