ޙަބަރުދުނިޔޭގެ ކުޅިވަރު

16 ވަނަ ހަފްތާ ނިމުން އިރު ތާވަލްގެ އެއްވަނަ އަށް ލިވަޕޫލް ޖެހިލައިފި

އިންގްލިޝް ޕްރިމިއަރ ލީގް

އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނަ ހަފްތާ ނިމުނު އިރު ތާވަލްގެ އެއްވަނަ އަށް ލިވަޕޫލް ޖެހިލައިފިއެވެ. ލިވަޕޫލް ތާވަލްގެ އެއްވަނަ ލިބުނީ ޗެލްސީގެ އެހީތެރިކަމާއި އެކުގައެވެ.

ލިވަޕޫލް މިހަފްތާ ކުޅުން މެޗުން ފަސޭހަކަމާއި އެކު މޮޅުވީ 4-0 ބޯންމައުތު އަތުންނެވެ. މިމެޗުން މޮޅުވެ ލީގުގެ އެއްވަނާގައި ހިފަހައްޓާ ލެވުނީ މެންޗެސްޓަ ސިޓީ ޗެލްސީއާއި ކުޅުނު މެޗުން ބަލިވުމުންނެވެ. މިމެޗުން ސިޓީ ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. މިއީ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް ގާޑިއޯލާ އަތުން ހޯދުނު ފުރަތަމަ މޮޅެވެ. މެޗަށް ފަހު ސާރީ ބުނީ ގާޑިއޯލާ ކޯޗުކޮށްދޭ ޓީމެއް އަތުން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިއީ އޭނާ އަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ހަދިޔާއެއް ކަމަށެވެ. މިމެޗުން ސިޓީ ބަލިވުމުން ލީގުގައި ބަލިނުވުމުގެ ރެކޯޑް އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލެވެ.

މީގެ އިތުރުން މެންޗެސްޓަ ޔުނައިޓެޑް ވަނީ ލީގު އެންމެ ފުލުގައި އޮތް ފުލްހަމް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުން މެޗުގައި ޔުނައިޓެޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ ނޮވެމްބަރ ފުރަތަމަ ހަފްތާގައި ބޯންމައުތު އަތުން މޮޅުވުމަށް ފަހު ލީގުގައިވި ފުރަތަމަ މޮޅެވެ.

މިހަފްތާ ކުޅެވުން އިތުރު މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ ހަނި ގޮތަކަށް ހަޑަސްފީޑް 1-0 ނަތިޖާއަކުން ބަލިކޮށްފައެވެ. އަދި ޓޮޓެންހަމް ވަނީ ލެޗެންސްޓާ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އާސެނަލް ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close