ޙަބަރުރ.އަތޮޅުސިއްޙަތު

ސަމާލުވޭ! ޑެންގީ އާއި ބޭރަށް ހިންގުން ފެތުރެނީ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާ ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސަމާލުވުމަށް އަންގައިފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ރޯގާ އާއި ހުން ފެތުރުން އާންމު ނަމަވެސް މި އަހަރު އެހެން އަހަރުތަކަށް ވުރެ އިތުރު ކަމަށެވެ. ވޭތުވެދިޔަ ދެ ހަފުތާގައި ބޭރަށް ހިންގުމުގެ 1666 މައްސަލަ އާއި ޑެންގީ ހުމުގެ 186 މައްސަލަ އެތަނަށް ރިޕޯޓް ކޮށްފައިވާ ކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު ޑެންގީ ހުމުގެ ހަ ގުނަ އިތުރު އަދަދެކެވެ. އަދި ބޭރަށް ހިންގާ ރޯގާގެ ފަސް ޕަސެންޓު އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ބުންނެފައިވެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެހޮސްޕިޓަލަށްވެސް ގިނައަދަދެއްގެ ބަޔަކު ހުމާއި ބޭރަށް ހިންގުމަށް ފަރުވާ ހޯދަން އަންނަމުންދާކަމަށެވެ. ކުރީހަފްތާ އާއި އަޅާބަލާއިރު މިހަފްތާގައި ހޮސްޕިޓަލަށް އަންނަ ކޭސްތައް މަދުވެލާފައި ވާކަމަށް ފާހަގަ ކުރެވޭކަމަށާއި  ފަރުވާހޯދާ މީހުންގެ ތެރޭގައި ގިނައީ ކައިރި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންވެސް ކަން އެފަރާތުން ފާހަގަ ކުރެއްވިއެވެ.

އެޗްޕީއޭއިން ވަނީ މިދެބަލި ގަދައަށް ފެތުރެމުންދާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ގޮވާލާފައެވެ. އަދި ކޮންމެހެން ދާން ޖެހިގެން ނޫނީ އެއްވެސް މީހަކު މިދުވަސްވަރު ހޮސްޕިޓަލް ތަކަށް ނުދިއުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close