ޚަބަރުކުޑަކުދިންމުނިފޫހި ފިލުވުންދިރިއުޅުން

ޕިކްނިކް އޭރިޔާ އެއް ތަރައްޤީކުރަން ކައުންސިލުން ނިންމައިފި

އުނގޫފަރު ކައުންސިލް

އުނގޫފާރުގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރައްޤީކުރުމަށް އުނގޫފާރު ކައުންސިލުން ނިނިްމައިފިއެވެ. އުނގޫފާރުގެ ދެކުނުފަރާތުގައި މިހާރުވެސް ގިނަބަޔަކު މޫދައްއެރިލާ ހިތްއުފާކޮށްލާ މަޖާކޮށްލަންދާ ސަރަހައްދު އިތުރަށް ތަރައްޤީކުރަން ކައުންސިލުން ނިންމީ އިއްޔެ ބޭއްވި ކައުންސިލުގެ ޖަލްސާގައެވެ.

ޕިކްނިކް އޭރިޔާ ތަރައްޤީ ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް މުހައްމަދު އަފްލާހު ވިދާޅުވީ އެސަރަހައްދު ތަރައްޤީކުރުަމަށް ކައުންސިލުން ނިންމާފައިނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމާއި ފެންލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށެވެ. އަދި މީގެ އިތުރުން އިށީދެލާނެ ގޮނޑި އާއި ހިޔާވެލާނެ ހަޓަކާއި ވޮލީކުޅޭނެ ކޯޓަކައި ފުޓުބޯޅަ ކުޅޭނެ ކުޑަ ސަރަހައްދެއްވެސް ހެދިގެން ދާނެ ކަމަށެވެ.

ޕިކްނިކްދާނެ ސަރަހައްދެއް ތައްޔާރު ކުރުމަށް ކައުންސިލުން ނިންމީ، އުނގޫފާރުގައި މިކަމަށް ހާއްސަ ވަކި ސަރަހައްދެއް ނެތުމާއި މިހާރު ރަށުގެ އެކި ދިމާލުން މީހުން ބޭނުންކުރަމުންދާ ބައެއް ސަރަހައްދު ތަކަކީ މިކަމަށް އެންމެ ރައްކައުތެރި ތަންނަނަށް ނުވާތީ، މިކަމަށް ރައްކައުތެރި މާހައުލެއް ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close