ޙަބަރުދުނިޔޭގެ ކުޅިވަރު

ހަތަރު މަސްފަހުން އާސެނަލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

އިންގްލިޝް ޕްރިމިއަރ ލީގް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިނުވެ ދަމަހައްޓަމުން ދިޔަ ސިލްސިލާ ނިމި ހަތަރު މަސް ފަހުން ފުރަތަމަ ބަލިވެއްޖެ.

ރޭ ރަށުން ބޭރުގައި އާސެނަލް ކުޅުން މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުން ރެލިގޭޝަން ޒޯންގައި އޮތް ސައުތުހަމްޓަން އަތުންނެވެ.

މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ސައުތުހަމްޓަންގެ އިންގްސްއެވެ. އިންގްސް މިމެޗުގައިވަނީ ދެ ގޯލް ކާމިޔާބު ކޮއްދީފައެވެ. އާސެނަލްއަށް މިމެޗުގައި ދެފަހަރަށް އެއްވަރުކޮށްދިނުމަށް މިކިތާރިއަންވަނީ ދެ ގޯލްޖަހައިދީފައެވެ. މިމެޗުގައި ސައުތުހަމްޓަންއަށް މޮޅުވި ގޯލް ޖަހައިދިނީ އޮސްޓިންއެވެ.

މި މޮޅަކީ 2018 ވަނަ އަހަރު ލީގުގައި ސައުތެމްޓަން އަށް އަމިއްލަ ދަނޑުގައި ލިބުނު ދެ ވަނަ މޮޅެވެ. މިއީ ސައުތެމްޓަންގެ ކޯޗުކަމާ މީގެ ހަފްތާއެއް ކުރިން ހަވާލުވި ރަލްފް ހަސެންހުޓްލް ގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. މެޗުން މޮޅުވުމުން އެޓީމު މިހާރު ވަނީ ތާވަލުގެ 17 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

މިހަފްތާ ކުޅެވުން އިތުރު މެޗުތަކަށް ބަލާއި ޔުނައިޓެޑް ވަނީ ވާދަވެރި ލިވަޕޫލް އަތުން 3-1 ނަތީޖާއަކުން ބަލިވެފައެވެ. ޗެލްސީ، ސިޓީ އަދި ޓޮޓެންހަމް ވަނީ މޮޅުވެފައެވެ. މިހަފްތާ ނިމުނު އިރު ލީގުގެ އެއްވަނާގައި 45 ޕޮއިންޓާއި އެކު އޮތީ ލިވަޕޫލް އެވެ. ދެވަނާގައި 44 ޕޮއިންޓާއިއެކު ސިޓީއޮތްއިރު ތިންވަނާގައި ޓޮޓެންހަމް އޮތީ 39 ޕޮއިންޓާއިއެކުއެވެ. ލީގުގެ ހަތަރުވަނާގައި ޗެލްސީ އޮތީ 37 ޕޮއިންޓާއިއެކު ހަމަޖެހިލާފައެވެ. ގަދަ ހަތަރަކަށް ފައިޓްކުރާ އާސެނަލް އޮތީ 34 ޕޮއިންޓާއި އެކު ފަސްވަނާގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close