ޙަބަރުރ.އަތޮޅުކުޅިވަރު

ދަންޑަހެލް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވާނީ ދިވެހި ޤައުމީ ކޯޗު

ދަންޑަހެލް ކަޕް 2018

 

ރ ދުވާފަރުގައި މިހާރު ކުރިއަށްދާ “ދަންޑަހެލް ކަޕް 2018” ފްޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު ކުޅެވޭނެއެވެ. ދުވާފަރު ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 5 ޓީމް ވާދަކުރިއެވެ.

ލީގު އުސޫލުން ކުރިއަށްދިޔަ މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލްގެ ޖާގަ ހޯދާފައިވަނީ ޑާކްޕާކް ސްޕޯރޓްސް އާއި އިލަވަން އެޓޭކް އެފްސީއެވެ. މިއަދު ހަވީރު ދުވާފަރު ރަސްމީ ބޯޅަ ދަނޑުގައި ކުޅެވޭ މިމެޗުގައި ވާދަކުރަނީ ޑާކްޕާކް ސްޕޯރޓްސް އާއި އިލަވަން އެޓޭކް އެފްސީ ޓީމެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗު އަދި މިދެޓީމު ވާދަކުރި މެޗު 2 – 0 ކާމިޔާބު ކުރީ ޑާކްޕާކް ސްޕޯރޓްސްއެވެ.

ފޯރިގަދަ ކުޅުމެއްފެނިގެންދާނެ ކަމަށް ގިނަބަޔަކު އުންމީދުކުރާ މިމެޗު ހާއްސަވެގެންދާ އެހެން ސަބަބު ތަކެއްވެސް އެބައޮތެވެ. އެއީ މިފޯރިގަދަ މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ކޯޗު ދުވާފަރަށް ވަޑައިގަންނަވާ ފައިވާތީއެވެ. ކޯޗު ދުވާފަރަށް ވަޑައިގަންފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ކޯޗުގެ އިތުރުން ޤައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ ވެސް ވަނީ މިހާރު ދުވާފަރަށް ވަޑައިގަންފައެވެ. މުހައްމަދު އީސާ އަކީ ރ ދުވާފަރު ބޭފުޅެކެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close