ޙަބަރު

އުނގޫފާރު ކުނިކޮށި އަދި ނަރުދަމާގެ އިރުމަތިން 20 ފޫޓް ފުޅާ މަގެއް ހަދަނީ

އުނގޫފާރު ކައުންސިލް

އުނގޫފާރު ކުނިކޮށި ނަރުދަމާގެ އިރުމަތިން 20 ފޫޓް ފުޅާ މަގެއް ހެދުމައް ކައުންސިލުން ނިންމައި އެސަރަހައްދުގައި ހުރި ގަސް ރުކުގެ ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ މަގަށް އަރާ ރުއްގަހުގައި ކައުންސިލުން މިހާރުވަނީ ނޫކުލައިގެ ފާހަގަ އެއް ޖަހާފައެވެ. ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިން އެކަން އުނގޫފާރު ކައުންސިލަށް އެން ގުމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މިމަގު ހެދުމުން މިސްކިތްމަގުން އިންޖީނުގެއާއި ހަމައަށް ގޮސްއުޅެން ވަރަށްބޮޑު ފަސޭހަ އަކަށް ވެގެންދާނެއެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ

ނަންބަރު IUL)303-A /303/2018/58)

 

އިޢުލާން

މިރަށު ކުނިކޮށި ނަރުދަމާގެ އިރުމަތިން 20 ފޫޓް މަގެއް ހެދުމާއި ގުޅޭ

މިރަށު ކުނިކޮއްޓާއި ނަރުދަމާގެ އިރުމަތިން 20 ފޫޓް މަގެއް ހެދުމަށް ބޭނުންވާތީ އެމަގަށް އަރާފައިވާ ރުއްގަސް ނޫކުލައިން ފާހަގަ ކުރެވިފައި ވާނެއެވެ. ރުއްގަހުގެ ވެރިއަކު ވާނަމަ 25 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ރުއްގަހުގައި ވެރިފަރާތް އެގޭނެހެން ފާހަގަކޮށް ކައުންސިލަށް އަންގަން ވާނެއެވެ. ތިރީގައި އެވަނީ މަގަށް އަރާ ރުއްގަހުގެ މައުލޫމާތެވެ.

 

#ގަހުގެ ބާވަތްގަހުގެ އަދަދު
1ދިއްގާ6
2ކާނި1
3ހިރުނދު1
4ދުނބުރި1
5ރުއް (ކުރައްޕަތް)3
6ރުއް (ފޯދުނު / މެދު)1

 

ވީމަމިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11  ރަބީޢުލްއާޙިރު 1440

18  ޑިސެމްބަރ  2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ގަސްކަނޑާ ސަރުކާރު ގަސްކަނޑާ ކައުންސިލް ކޮބާ ބޭނުމަކީ ރަށުގެ ހޭޅި ކޮށާލުމުގެ އެއްކަލަ އަބޫކޮބާތަ އެއްޗެއްބުނެބަލަ

Close