ޙަބަރު

ދިރާސީ އާއަހަރު ފެށުމުގެކުރިން އުނގޫފާރު ސްކޫލުގަހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

އުނގޫފާރު ސްކޫލް

 

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެކުރިން އުނގޫފާރު ސްކޫލުގަހުރި މަރާމާތު ތައް ކޮށްދޭނެ ފަރާތެއް ހޯދަން އެސްކޫލުން އިއުލާނު ކޮށްފިއެވެ. އުނގޫފާރު ސްކޫލުގެ ދަރިވަރުންނާއި އަދި މުވައްޒަފުންގެ ފާހާނާ ތަކުގެ އިތުރުން ދެބުރި އިމާރާތުގެ އަސްކަނި ސީލިންގ މަރާމާތު ކުރުމަށް ބޭނުންވާތީ މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައިވަނީ ޑިސެމްބަރ 16 ވަނަ ދުވަހުއެވެ.

މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނު ތިރީގައި މިވަނީއެވެ.

 

 

އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ

އަންދާސީ ހިސާބު

 

ނަންބަރު:GS210/IUL/2018/57

ޢިއުލާން


އަންދާސީ ހިސާބް ބޭނުންވެއްޖެ

 

މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ މަސައްކަތްތައް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- ދަރިވަރުނެގެ ފާޚާނާ މަރާމާތުކުރުން.

2- މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުން.

3- ދެބުރި ޢިމާރާތުގެ އަސްކަނި ސީލިންގ ގެ ބައެއް މަރާމާތުކުރުން.


ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރު 1:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހު 1:30 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރުމައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 އަށް ގުޅުއްވުންއެދެމެވެ.
16
ޑިސެމްބަރ 2018

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ސަރުކާރުގެ ބަޖެޓުން 10 ރުފިޔާއިން ވާރު ކަންކަންމިސަރުކާރުން ކުރާނީ މީތޯއްޗެ އުނގޫފަރު ސްކޫލައް ބަޖެޓުން ލިބުންވަރަކީ

Close