ރ.އަތޮޅުކުޅިވަރު

އޭއެސްސީ ސޮކާ ޗެންޕިއަންޝިޕް ލިންކްސް ސްޕޯޓްސް ކުލަބު ކާމިޔާބުކޮށްފި

އަނގޮޅިތީމު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓުބޯލަ މުބާރާތުގެ މި އަހަރުގެ މުބާރާތް އޭއެސްސީ ސޮކާ ޗެންޕިއަންޝިޕް 2018 ލިންކްސް ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ.

އެ ޓީމުން މި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ޔުނައިޓެޑް އެފްސީއާ ވާދަކޮށް 1-1 ން އެއްވަރުވެ ޕެނަލްޓީ ޝޫޓްއައުޓުގައި 5-4 ން ޔުނައިޓެޑް އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރަތުގެ ފައިނަލް މެޗު އޮތީ އިއްޔެ ހަވީރު އަނގޮޅިތީމް ފުޓުބޯޅަ ދަނޑުގައެވެ.

އޭއެސްސީ ސޮކާ ކަޕް 2018 – ފޯޓޯ: އަނގޮޅިތީމް އެފްސީ

މިމަހުގެ 7 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 7 ޓީމަކުން ވާދަކުރިއެވެ. އެއީ ލިންކްސް ސްޕޯޓްސް ކުލަބް، އެފްސީ ކިންގް، ޔުނައިޓެޑް އީގަލް، ޔުނައިޓެޑް އީގަލް ޖުނިއާ އެފްސީ، ޑެމް ބޯއީސް، ލިނަކް އަދި ގަރާޖު ސިޓީއެވެ.

އޭއެސްސީ ސޮކާ ކަޕް 2018 – ފޯޓޯ: އަނގޮޅިތީމް އެފްސީ

ވާދޫ، ރަަސްގެތީމް، އަނގޮޅިތީމް، ހުޅުދުއްފާރުގެ އިތުރުން އިފުރު އެއާޕޯޓުގެ ޓީމްތަކަށް ބައިވެެރުވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގެ ޗެންޕިއަން ޓީމަށް 12000ރ އަދި ރަނަރަފް ޓީމަށް 5,500ރ ގެ އިނާމެއް ހުށައެޅިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close