ކުޅިވަރު

ދަންޑެހެލު ކަޕުގެ ޗެންޕިއަންކަން އިލެވެން އެޓޭކާސް ހޯދައިފި

ދުވާފަރު ކައުންސިކުން އިންތިޒާމްކޮށްގެން ރ.ދުވާފަރުގައި ބޭއްވި ފުޓުބޯޅަ މުބާރާތް ދަންޑެހެލު ކަޕް 2018 ގެ ޗެންޕިއަންކަން އިލެވެން އެޓޭކާސް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.

އެ ޓީމުން މި މުބާރާތް ކާމިޔާބުކުރީ އިއްޔެ ހަވީރު ދުވާފަރު ދަންޑެހެލު ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ޑާކްޕާކާ ވާދަކޮށް 1-0 ން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލްމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު އިލެވެން އެޓޭކާސް އަށް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފުގައި އިބްރާހިމް އަފްސަލް (ނާނު) އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު އިތުރަށް ޙާއްސަވެގެން ދިޔައީ ޤައުމީ ކޯޗު ޕީޓާ ޝެގާޓް ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންފައިވާތީއެވެ. ޤައުމީ ކޯޗުގެ އިތުރުން ޤައުމީ ޓީމުގެ މެނޭޖަރު މުޚައްމަދު އީސާ ވެސް ވަނީ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

ޑިސެންބަރު 7 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 5 ޓީމުން ވާދަކުރިއެވެ. އެއީ އިލެވެން އެޓޭކާސް ސްޕޯޓްސް ކުލަބު، ބީޓްލެސް، ޑާކް ޕާކް ކް
ސްޕޯޓްސް، ޑާކް ޕާކް ޖޫނިއާސް އަދި ދުވާފަރު ޕޮލިސްއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ މުހިންމު މަޤާމުތަކަށް ހޮވިފައިވާ ކުޅުންތެރިންނަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްފައިވެއެވެ. މި ގޮތުން މުބާރާތުގެ އެންމެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު މިޑްފީލްޑާރގެ މަޤާމަށް ހޮވިފަައި ވަނީ ޑާކް ޕާކް ސްޕޯޓްސްގެ މުސްލިމް މުޙައްމަދެވެ. މުބާރާތުގެ އެންމެ ގިނަ ޖޯލް ޖެގި ކުޅުންތެރިއަކަށް ހޮވުނީ ހަމަ އެޓީމުގެ ޙަސަން ޝުޖާއުއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ޑާކް ޕާކް ޖޫނިއާސްގެ މުޙައްމަދު ޖުމާން ހޮވިފައިވާ އިރު އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ޑާކް ޕާކް ސްޕޯޓްސް ގެ އިބްރާހިމް ނަދީމެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ޑާކް ޕާކް ސްޕޯޓްސްގެ ހުސެއިން ނާސިފްއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޑާކް ޕާކް ޖޫނިއާސްގެ ޙުސައިން ހުޒާމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close