ރިޕޯޓް

މި ފޮޓޯތަކުން އެތަކެއް ހަނދާންތަކެއް!

ޝައްކެއްނެތް ގޮތުގައި މަދަރުސީ ހަޔާތަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި އަންނާނެ އެންމެ އުފާވެރި ދުވަސްތަކެވެ. ޅަ އަދި މައުސޫމް ސިކުނޑިތަކުން ކުލިވަރާއި މަޖަލުގެ ތެރެއިން އުފާވެރިކަން ހޯދި އެތަކެއް ހަނދާންތަކެވެ. ހަޔާތުގައި އެންމެ މުހިންމު ބައިވެރިން ކާމުގައިވާ އަލަތު ރަހުމަތްތެރިންނާ ބައްދަލުވި ހަނދާންތަކެވެ. މި ހުރިހާ ހަނދާންތަކެއް އިއްޔެ އާއި މިއަދު އެއްފަހަރާ އާވެގެން ދިޔަ އެއްބަޔަކީ އުނގޫފާރު ސްކޫލްގައި ތަޢުލީމް ޙާސިލްކޮށްފައިވާ ދަރިވާރުންނާއި މުދައްރިސުންނެވެ.

އިއްޔެއާއި މިއަދު ފޭސްބުކް ގެ ނިއުސްފީޑްތައް ފަޠަޙަކޮށްފައި ވަނީ “އަވާ ސްކޫލް ޔޫއެސް” ގެ ނަމުގައި ފޭސްބުކުގައި ހަދާފައިވާ ޕޭޖަކުން ޢާންމުކޮށްފައިވާ ފޮޓޯތަކަކުންނެވެ. 2004 ން 2010 އާ ދެމެދު އުނގޫފާރު ސްކޫލްގައި ހިންގާފައި އެކި ހަރަކާތްތަކާއި ރިޕޯޓުފޮތް ދިނުގެމުގެ ހަފުލާތަކުގައި ނަގާފައިވާ މި ފޮޓޯތައް އާންމުވުމާއެކު އެ ފޮޓޯތައް ވަނީ ސްކޫލްގެ ހަޔާތް ގިނަބައެއްގެ ލޯމައްޗަށް ސިފަކޮށްދީފައެވެ.

މި ފޮޓޯތައް އާންމު ކުރުމާއެކު ސްކޫލްގެ އިސްދަރިވަރުން އެ ފަރާތަކާ ގުޅޭ ފޮޓޯތައް ޝެއާކުރަން ފަށާފައި ވަނީ އެތަކެއް ހަނދާންތަކެއް އާކުރަމުންނެވެ. މި ފޮޓޯތަކާ ގުޅޭ އަނެއް ހަނދާންތަކަކީ 2004 ވަނަ އާހާރުގެ ސުނާމީ ކާރިސާގެ ހަނދާންތަކެވެ.

ސުނާމީގައި އެންމެ ބޮޑު ގެއްލުން ލިބުނު އެއްރަށަކީ ރ.ކަނދޮޅުދޫއެވެ. ސުނާމީ ކާރިސާއާ ގުޅިގެން ކަނދޮލުދޫގެ ދަރިވަރުންނާއި އުނގޫފާރު ސްކޫލްގެ ދަރިވަރުން އެއްވެގެން ދިޔައެވެ. ކުރީގެ ރ.އަތޮޅު ސްކޫލްގެ ދަރިވަރުން އުނގޫފާރު ސްކޫލާ ގުލިގެން ދިއުމާއެކު 2 ރަށުގެ ދަރިވަރުންގެ މެދުގައި އުފެދިގެން ދިޔަ އެކުވެރިކަމުގެ ގުލުންތަކަކީ މި ފޮޓޯތަކާ ގުލިފައިވާ ފުން ހަނދާންތަކެކެވެ.

މީގެ އިތުރުން އޮސްޓްރޭލިއާގެ ދަރިވަރުން އުނގޫފާރު ސްކޫޅަށް ކުރި ޒިޔާރަތްތަކާއި، އެކި މުބާރާތްތަކާއި، ސްކޫލްގެ ކުލަބުތަކުން ހިންގާފައިވާ ހަރަކާތްތަކާއި އެކި ދަތުރުތައް ވެސް މި ފޮޓޯތަކުން ދައްކުވާދެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close